މޯލްޑިވްސް ނެޝަނަލް ސާވިސް އިން 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
އެމްއެންޑީއެފްގެ މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ކުރިއަށް ގެންދިޔަ އެ ޓްރެއިނިން ނިންމި ދަރިވަރުން ދަސްވެނިވީ މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި 344 ދަރިވަރުން ވަނީ ވަތަނީ ޚިދުމަތުގެ ކޯހުން ދަސްވެނިވެފައެވެ. އެ ދަރިވަރުންނަށް ތަމްރީނު ފުރިހަމަކުރި ކަމުގެ ސަނަދެއް ވަނީ ދީފައެވެ. އަދި ނެޝަނަލް ސާވިސްގެ ތަމްރީނު ނިންމައި ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާއި އެ ދަރިވަރުންގެ ހިނގާލުން އެ ރަސްމިއްޔާތުގައި ކުރިއަށް ދިޔަ އެވެ.
އެ ރަސްމިއްޔާތުގައި އެ ކޯހުގެ ރިޕޯޓު ހުށަހަޅުއްވަމުން، މާފިލާފުށީ ނެޝަނަލް ސާވިސް ޓްރެއިނިން ސެންޓަރުގެ ޗީފް އިންސްޓްރަކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ޝަފީއު ވިދާޅުވީ، 108 ރަށަކުން 350 ދަރިވަރުން އެ ތަމްރީނުގައި ބައިވެރިވި ކަމަށެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. އެ ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ.
ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.



