Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޗާގޯސް ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެ: ރައީސް މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި) އިނގިރޭސިވިލާތުން މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވީ ނަމަވެސް، އެ ރަށްތައް ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ޓެބްލޮއިޑެއް ކަމަށްވާ “އެކްސްޕްރެސް” އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ރައީސް ވިދާޅުވީ ޗާގޯސްގެ ރަށްތަކަކީ ތާރީހީ ގޮތުން ދިވެހިރާއްޖެއާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށާއި، އެކަމުގެ ހެކިތައް ލިޔެކިޔުންތަކުންނާއި އެހެނިހެން ގޮތްގޮތުން ފެންނަން އެބަހުރި ކަމަށެވެ. 

“ޗާގޯސްގެ ރަށްތަކާ ދިވެހިރާއްޖެއާ ތާރީހީ ގުޅުންތަކެއް އެބަހުރި – އެއީ ދިވެހިން ކިޔާ ގޮތުން ނަމަ ފޯޅަވަހި – އެއީ ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް. މި ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް،” ރައީސް ވިދާޅުވިއެވެ.

ޗާގޯސްއާ ރާއްޖެއާ އޮތް ގުޅުމުގެ ހެކިތަކަށް ބަލާއިރު، އެ ރަށްތަކުން ދިވެހި ބަހުން ލިޔެފައިވާ 900 އަހަރުވީ މަހާނަގާތައް ފެނިފައިވެއެވެ. އަދި ޖިއޮގްރަފީ ގޮތުން ބަލާއިރު ޗާގޯސްއާ އެންމެ ކައިރީގައި އޮތީ ރާއްޖެއެވެ. ރާއްޖެއާ ޗާގޯސްއާ ދެމެދު ހުރީ 310 މޭލު ކަމަށްވާއިރު، މޮރިޝަސްއާ އެ ރަށްތަކާ ދެމެދު 1،300 އަށްވުރެ ގިނަ މޭލު ހުރެއެވެ. މީގެ އިތުރުން މޮރިޝަސްގައި މީހުން ވަޒަންވެރިވީ 17 ވަނަ ގަރުނުގައި ކަމަށްވީ ނަމަވެސް، ރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅޭތާ 2،500 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކުރެވެއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތުމުގެ ހައްގު މާ ބޮޑު ކަމަށް ދެކޭ ކަމަށާއި، އެކަމާ ގުޅޭ ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ރަސްމީކޮށް ހިއްސާކޮށްފައިވާނެ ކަމަށެވެ. މި މައްސަލައިގައި އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާކަން 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައިވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ކަންބޮޑުވުންތައް ހުރިއިރު، އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ އިނގިރޭސިވިލާތުން މޮރިޝަސްއަށް ޗާގޯސް ދޫކޮށްލުމަށް ނިންމި ނިންމުމަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕް އެ ނިންމުން ސިފަކުރެއްވީ އިނގިރޭސިވިލާތުން ނިންމި “ގަމާރު” ނިންމުމެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ