ކުޑަކުދިން ލައްވައި ކުށްކުރުވުމާއި އެކުދިންގެ ނާޖާއިޒު ފައިދާ ނަގާ ފަރާތްތަކަށް އެއްވެސް ދޫދިނުމެއް ނެތި، ޤާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. ސީޕީ މިފަދައިން ވިދާޅުވީ 16 އަހަރުގެ ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އުފުލައި، އެ ކުއްޖާ އެކްސްޕްލޮއިޓް ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކުރުމާ ގުޅިގެން ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި މައްސަލައާ ގުޅިގެން މި މަހުގެ އެއްވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 28 އަހަރުގެ ޙަސަން ނުޢާޒާއި 39 އަހަރުގެ އަޙްމަދު ނަޢީމެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިހާރު ވަނީ 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ސީޕީ ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތެވެ. .އަދި އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުޅި މުޖުތަމައުގެ އިޖުތިމާއީ ޒިންމާއެކެވެ
“ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ދިވެހި ފުލުހުންގެ ޚިދުމަތުން މިފަދަ މައްސަލަތައް ބަލައި، ކުށްވެރިންނަށް ޤާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރާނެ،” ސީޕީ ވިދާޅުވިއެވެ.
ކުޑަކުދިން ގްރޫމްކޮށްގެން މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގައި ބައިވެރިކުރުވާ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ އިމަޖެންސީ ނަންބަރު 911 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފު



