ލިޔުނީ: މަރްޔަމް އަދީލާ
ބޭނުންވާ ތަކެތި:
2 ސައިސަމުސާ ޗިއާ ސީޑްސް
1 ޖޯޑު ކިރު (ލޯ ފެޓް ނުވަތަ އާމަންޑް)
1 ސައިސަމުސާ މާމުއި
ތައްޔާރުކުރާނެ ގޮތް:
ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ރޭގަނޑު އެއްކޮށް ފިނިކުރަން ބަހައްޓާށެވެ. އަދި އަނެއް ދުވަހު ހާރަށް ނުވަތަ ރޯދަ ވީއްލަން ސާވް ކުރާށެވެ.
ފައިދާ:
އޮމެގާ-3 އިން މުއްސަނދިވެފައިވުން
ހަޖަމުކުރުމަށް އެހީތެރިވެދިނުން
ބަނޑުހައިވިޔަނުދީ ގިނައިރު ހިފަހައްޓައިދިނުން



