ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މިންގަނޑުތައް ކަނޑައަޅާ، މި މިންގަނޑުތަކަށް ފެތޭ އިދާރާތަކުން ހަމަހަމަކަން ކަށަވަރު ނިޝާން (ޖެންޑަރ އީކުއަލިޓީ ސިލް) އަށް ފޯމު ހުށަހެޅުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހުޅުވާލާފައިވާ ސުންގަޑި އިތުރުކޮށްފިއެވެ.
ހަމަހަމަކަން ކަށަވަރު ނިޝާން ނުވަތަ ޖެންޑަރ އީކުއަލިޓީ ސިލްއަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން، ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ނިޝާނެކެވެ. މިގޮތުން، ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މިންގަނޑުތައް ކަނޑައަޅާ، މި މިންގަނޑުތަކަށް ފެތޭ އިދާރާތަކުން ހަމަހަމަކަން ކަށަވަރު ނިޝާން ހޯދުމަށް ހުށަހެޅުމަށް ފުރުސަތު އެ ވުޒާރާއިން މިހާރު ވަނީ ހުޅުވާލައިފައެވެ. މި ނިޝާން ހުޅުވާލަނީ ތިން ލެވެލްއަކަށެވެ. މިއީ ބްރޮންޒް، ސިލްވަރ އަދި ގޯލްޑް ލެވެލްއެވެ.
އެޕްލިކޭޝަންތައް ހުށަހެޅުމަށް އެދޭ ފަރާތްތަކުން ގެޒެޓްގައިވާ ފޯމް މެދުވެރިކޮށް އެކަމާއި ގުޅޭ ލިއެކުއުންތަކާއި އެކު އެ ވުޒާރާގެ އީމެއިލް [email protected] އަށް މެއިލްކުރުމަށް އެދެމެވެ. އަދި ހަމަހަމަކަން ކަށަވަރު ނިޝާންގެ މިންގަނޑު އެ އިދާރާގެ ވެބްސައިޓް އިން ލިބެން އެބަހުއްޓެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/381938



