ރޯދަމަހު ދުވާލު ކާން އިން ދިވެހި ފިރިހެނަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ރޯދަ ނުހިފައި އާންމު ތަނެއްގައި ކެއި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޅ. ކުރެންދު އަށް ނިސްބަތްވާ ފިރިހެނެކެވެ. ފުލުހުން އޭނަ ރޯދަ މަހު ދުވާލު ކެއުމުގެ އިތުރަށް ވައްކަމުގެ ތުހުމަތުގައެވެ. އޭނަ ވައްކަންކުރީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއިންނެވެ.
އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށްވަނީ ފަސް ދުވަސް ޖަހައިފައެވެ. އޭނާގެ ބަންދު އަމުރުގައި އޭނާއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އޭނާ އުޅޭނެ ތަނެއް ނެތެވެ. އަދި ކާނެ ގޮތެއް ބޯނެ ގޮތެއް އަދި ވަޒީފާއެއްވެސް ނެތެވެ. އޭނާ ނިދަނީ މަގުމަތީގަޔާއި ޖޯލި ފަތިތަކުގައި ކަމަށް އޭނާ ބުނެފައިވެއެވެ.
ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން އޭނަ ހައްޔަރުކުރީ ރޯދަ މަހުގެ ދުވާލު ކާން އިންދަ އެވެ. އޭނާ ކާން އިންއިރު، ކައިރީގައި ރޫޅާލާފައިވާ އޭސީ އައުޓްޑޯ ޔުނިޓަކާއި އެ ރޫޅާލަން ބޭނުންކުރާ ޓޫލްސްތަކެއް ހުރި ކަމަށާއި އެއީ މޯލްޑިވްސް ޑިޖިޓަލް ސާވިސް އިން ވަގަށް ނަގާފައިވާ އެެެއްޗެއް ކަމަށް ބުނެފައިވެ އެވެ.
އޭނާއަކީ ކުށުގެ ރެކޯޑް ގިނަ މީހެއްކަންވެސް ބަންދު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.



