ޔޫތު މިނިސްޓްރީ އަދި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށް މި ރަމަޟާން މަހު “ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026” ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިންގ މުބާރާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ، އެމްއެލްބީބީ އަދި ޓެކެން ހިމެނެއެވެ.
މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 އިން 28 ގައި ޔޫތު ހަބުގައެވެ.
ކޮންމެ ގޭމެއްގެ 1 ވަނައަށް އަންނަ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ދެވަނައަށް 3000 ރުފިޔާ ލިބިގެންދާއިރު ތިންވަނައަށް އަންނަ 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.



