ހުޅުމާލެ ދެކުނު ދާއިރާ ޕީއެންސީ ޖަގަހައިގެ ޕޯސްޓަރުތަކަށް ކަޅުތެޔޮ ޖަހާ ގެއްލުންދީފިއެވެ. ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލް މެންބަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު އުބައިދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،
ހުޅުމާލެ ދެކުނު ދާއިރާ ޕީއެންސީ ޖަގަހައިގެ ޕޯސްޓަރުތަކަށް ވަނީ ބަޔަކު ކަޅުތެޔޮޖަހާ ގެއްލުންދީފައި ކަމަށެވެ.
އަދި އެއީ ކޮންމެ ބަޔަކު ކުރިކަމުގައިވިޔަސް ވަރަށް ދެރަ ނާތަހުޒީބު އަމަލުތަކެއް ގޮތުގައި އުބޭ ވަނީ ސިފަކުރައްވާފައެވެ.
އުބޭ ވިދާޅުވީ ޕޯސްޓަރުތަކަށް ގެއްލުންދިން މައްސަލަ މިހާރު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.



