Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ތަސްލީމާ އިބްރާހިމް – އަންހެނުން ބާރުވެރިކޮށް، ގާފަރުގެ މުސްތަޤްބަލު ބިނާކުރުމަށް!

ad image

ގުޅުންހުރި ލިޔުންތައް

ކ. ގާފަރަށް އުފަން ތަސްލީމާ އިބްރާހީމަކީ، އޭނާގެ ރަށަށް ޚިދުމަތްކުރުމުގެ އިޚްލާޞްތެރި އަޒުމަކާއެކު ކުރިއަށް ނުކުމެ ހުރި ހީވާގި ކަނބަލެކެވެ. ސިޔާސީ ދާއިރާއަށް މީގެ ކުރިން މާ ބޮޑު ޝައުގުވެރިކަމެއް ނެތް ނަމަވެސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އާ ގުޅުމަށް އޭނާ ނިންމީ، މުޖުތަމަޢަށް ޚިދުމަތްކުރުމަށާއި ގާފަރުގެ ތަރައްޤީގައި ހެޔޮގޮތުގައި ބައިވެރިވުމަށް އޭނާގެ ހިތުގައި އޮތް ވަރުގަދަ ލޯތްބެއްގެ ސަބަބުންނެވެ.

އިޖުތިމާޢީ ހަރަކާތްތަކާއި އިސްނެގުން

ތަސްލީމާއަކީ އަބަދުވެސް ރަށުގެ އިޖުތިމާޢީ ކަންކަމުގައި އަމަލީގޮތުން ބައިވެރިވާ މީހެކެވެ. ވަކިވަކި ފަރުދުންނަށް އެހީތެރިވުމުގެ އިތުރުން، ރަށު ފެންވަރުގައި ހިންގާ ހަރަކާތްތަކުގައި އޭނާ ދެމިހުރެއެވެ. އޭނާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ހޭންޑްބޯޅަ ކޮމިޓީއެއް އުފެއްދުމަށް އަމިއްލައަށް އިސްނަގައިގެން ހުށަހެޅި ހުށަހެޅުމެވެ.

މި ޚިޔާލާ އެއްގޮތަށް، ގާފަރުގެ އަންހެނުންގެ މެދުގައި ވޯޓެއް ނެގި، ކޮމިޓީއެއް އެކުލަވައިލެވުނެވެ. އާންމު ފަރާތަކުން އޭނާގެ ނަން ހުށަހަޅައި، އޭނާ އެ ކޮމިޓީގެ މެންބަރަކަށް އިންތިޚާބުވިއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރަށުގައި ހޭންޑްބޯޅަ މަޤްބޫލުވެ، ގިނަ ޓީމުތަކެއް އުފެދި، އަންހެނުންނަށް ހަރަކާތްތެރި އަދި ދިރުުންހުރި މާހައުލެއް ގާއިމުވެގެން ދިޔައެވެ.

ގާފަރުގެ ރައްޔިތުންނަށްޓަކައި ތަސްލީމާ އެންމެ ބޮޑު އިސްކަމެއް ދެނީ، އެ ރަށަކީ އެކުވެރި، އުފާވެރި އަދި ހަރަކާތްތެރި މުޖުތަމަޢެއްގެ ގޮތުގައި ފެނުމަށެވެ. މީހުންގެ މެދުގައި ގުޅުން ބަދަހިކޮށް، އިޖުތިމާޢީ ރޫޙު ވަރުގަދަކޮށްދޭނެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް އޭނާ ވަރަށް ބޮޑަށް ބޭނުންވެއެވެ.

ސިޔާސީ ދަތުރާއި އުޞޫލުތައް

ތަސްލީމާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އާ ގުޅުނީ 2023 ވަނަ އަހަރުއެވެ. އޭރުގެ ވެސް ތަސްލީމާގެ މަޤްސަދަކީ ފުރުޞަތެއް ލިބުނުހާ އަވަހަކަށް ރަށަށް ހިދުމަތް ކުރުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވަނުމެވެ. ތަސްލީމާ ބުނިގޮތުގައި އޭނާ ސަރުކާރު ހިންގާ ޕާޓީއާ ގުޅެން ނިންމީ، އެ ޕާޓީގެ މިޞްރާބަށް ތާއީދުކުރާތީއާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އުޞޫލުތަކެއް ހިފަހައްޓަވާ، ކެތްތެރި ލީޑަރެއްގެ ގޮތުގައި ދެކޭތީއެވެ.

ތަސްލީމާއަކީ ނިޒާމީގޮތެއްގައި ކަންކަން ހިންގުމަށާއި، ކޮމިޓީގެ ނިންމުންތައް ރަނގަޅަށް ލިޔެކިޔުމުން ބެލެހެއްޓުމަށާއި، ކުރެވޭ މަސައްކަތްތަކުން ރަށަށް އެންމެ ފައިދާހުރި ގޮތުގައި ނަތީޖާ ނެރުމަށްޓަކައި ލީޑަރޝިޕާ ގާތް ގުޅުމެއް ބޭއްވުމަށް އިސްކަންދޭ މީހެކެވެ.

ޑަބްލިއު.ޑީ.ސީ ގައި ހޯދާފައިވާ ތަޖުރިބާއާއި ކާމިޔާބީތައް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ހޭދަކުރި ދެ އަހަރު ދުވަހުގެ ތެރޭގައި، ތަސްލީމާ ވަނީ މާނަހުރި ގިނަ ކާމިޔާބީތަކެއްގައި ބައިވެރިވެފައެވެ. ރަށު ކައުންސިލާ ގުޅިގެން، ކޮމިޓީން ވަނީ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި އިޖުތިމާޢީ ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ހިންގާފައެވެ.

މީގެ ތެރޭގައި ހިމެނެނީ:
ދުޅަހެޔޮކަން އިތުރުކުރުމަށް ކަސްރަތު ކްލާސްތައް ހިންގުން
ކޭކު އެޅުމާއި، ފެހުމާއި، ދަނޑުވެރިކަމާ ގުޅޭ ކޯސްތައް އިންތިޒާމުކުރުން
އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ފައިސާ ހޯދުމަށް ފަންޑްރެއިޒިންގ ޕްރޮގްރާމްތައް ބޭއްވުން

މި ހުރިހާ ކާމިޔާބީތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ރަށުގެ ގޮނޑުދޮށް ތަރައްޤީކޮށް ރީތިކުރުމަށްޓަކައި ބޮޑު ބަޖެޓެއް ފާސްކުރުމުގައި ޑަބްލިއު.ޑީ.ސީ އާއި ކައުންސިލް ގުޅިގެން ކުރި މަސައްކަތެވެ. މިއީ ރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަމަށާއި ކުރިމަގުގެ ފުރުޞަތުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ތަރައްޤީއާއި ޓީމު މަސައްކަތަށް ގެންގުޅޭ ވިސްނުން

ތަސްލީމާ ގަބޫލުކުރާ ގޮތުގައި ކޮމިޓީގެ ކޮންމެ މެންބަރަކީވެސް އެ މީހެއްގެ ހުނަރާއި ގާބިލުކަމާ އެއްގޮތަށް މަސައްކަތުގައި ބައިވެރިވާންޖެހޭ މީހެކެވެ. ތަޢުލީމީ ޕްރޮގްރާމްތައް ރޭވުމާއި، ހަރަކާތްތައް ސުޕަވައިޒްކުރުމާއި، އިޖުތިމާޢީ މަސައްކަތްތައް މެނޭޖްކުރުން ފަދަ ކޮމިޓީގެ ހުރިހާ ކަމެއްގައި އަމަލީގޮތުން ބައިވެރިވުމަށް އޭނާ ބާރުއަޅައެވެ. މީގެ އިތުރުން، އިމާރާތްތަކާއި ގޯތިގެދޮރު ރަނގަޅަށް ބެލެހެއްޓުމާއި، މަރާމާތުގެ މަސައްކަތްތައް ފުރިހަމައަށް ކުރިއަށްދާކަން ކަށަވަރުކުރުމާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ބަޖެޓު ކަނޑައަޅައި ރޭވުމުގައި ކައުންސިލާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރައްވައެވެ.

ރައްޔިތުންނަށް ދޭ މެސެޖު

ތަސްލީމާ އިތުބާރާއެކު ގާފަރުގެ ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ، އޭނާއަށް ކުރާ އިތުބާރަކުން އެއްވެސް މީހަކު މާޔޫސް ނުވާނެ ކަމެވެ. އޭނާގެ ފާއިތުވި ޚިދުމަތްތަކަކީ ރަށުގެ ރައްޔިތުންނަށް ފެންނަން އޮތް ހަގީގަތެކެވެ. އަދި ރަށުގެ ކަންކަމުގައި ފަސްޖެހުމެއް ނެތި ކުރިއަށް ދިއުމުގައި އޭނާ ދެމިހުންނާނެއެވެ.

ގާފަރުގެ ލޯބިވާ ރައްޔިތުން ކުރިންވެސް އޭނާއަށް ދެއްވި އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށާއި، އަދިވެސް އެއްފަހަރު އޭނާއަށް ތާއީދުކޮށްދެއްވުމަށް އޭނާ އިޙްތިރާމާއެކު އެދިލައްވައެވެ. އަދި ތަސްލީމާ ޢަޒުމް ކަނޑައަޅާފައިވަނީ ރަށުގެ ކަންކަމުގައާއި އަންހެނުންގެ ތަރައްޤީއަށްޓަކައި މިހާރަށްވުރެ ވެސް ހަރަކާތްތެރިކޮށް، އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމަށެވެ. ތަޖުރިބާއާއި ޒިންމާދާރުކަމާއެކު، އޭނާގެ އަމާޒަކީ އެއްބައިވަންތަ، ބާރުވެރި އަދި ކުރިއަރާފައިވާ ގާފަރެއް ބިނާކުރުމުގައި ހިއްސާވުމެވެ.

އަޅުގަނޑު ވޯޓުލާ ފަރާތްތަކަށް ބުނެލަންއޮތީ އަޅުގަނޑަށް ވޯޓު ދެއްވައިގެން އެއްވެސް ބޭފުޅަކު މާޔޫސްވާކަށް ނުޖެހޭނެޔޭ. އަޅުގަނޑުގެ ޕާރފޯމަންސް ކުރިންވެސް ރަށުގެ ބޭފުޅުންނަށް ފެނިފައޭ ހުންނާނީ. ރަށުގެ ކަންކަމުގައި އަޅުގަނޑު ފަސްނުޖެހި ކުރިއަށް ދާނެކަން ހަމަ ކޮންމެ ބޭފުޅަކުވެސް ގަބޫލުކުރާނެއޭ. އަދި ކުރިންވެސް އަޅުގަނޑަށް ގާފަރުގެ ލޮބުވެތި ރައްޔިތުން ދެއްވެވި އިތުބާރާއި ޔަގީންކަން އަދިވެސް އެގޮތުގައި ދަމަހައްޓަވާ މިފަހަރު އަޅުގަނޑަށް ވޯޓު ދެއްވާށޭ ބުނެލަން ބޭނުމީ. އިންޝާﷲ، ކުރިއަށްވުރެވެސް ބޮޑަށް ރަށާއި ކަނބަލުންގެ ކަންކަމުގައި ހަރަކާތްތެރިކޮށް އަޅުގަނޑު ފެންނާނެ.” – ތަސްލީމާ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ