Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މާފަންނު ދެކުނު، ނަމޫނާ ދާއިރާއަކަށް ހެދުމަށް – ފާތިމަތު ނަދާ ވަހީދު

ad image

ގުޅުންހުރި ލިޔުންތައް

މާލެއަށް އުފަން، އަދި މާލޭގައި އުޅެބޮޑުވި ފާތިމަތު ނަދާ ވަހީދަކީ ސަރުކާރު ނިސްބަތްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ، ހިތްވަރުގަދަ އަދި މުޖުތަމައަށް އިސްކަންދޭ ކެންޑިޑޭޓެކެވެ. އަމީނިިއްޔާ ސްކޫލުން ސާނަވީ ތައުލީމު ހާސިލްކޮށްފައިވ ނަދާއަކީ އަމަލީ ތަޖުރިބާއާއި، މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ހުރި ކަނަބަލެކެވެ. އިއްޔެ އަދި މިއަދުވެސް ނަދާ ހުރީ އަންހެނުންގެ އަޑު އިއްވައިދީ، މާނަހުރި ބަދަލުތަކެއް ގެނައުމަށް ތައްޔާރަށެވެ.

މަސައްކަތުގެ ތަޖުރިބާ

ނަދާގެ ކެރިއަރުގައި ތަފާތު އެކި ދާއިރާތަކުން އަގުހުރި ތަޖުރިބާތަކެއް ވަނީ ހޯދާފައެވެ:

ޕިއްޒާ ކޮމްޕެނީ (އެއާޕޯޓް) ގެ ކެޝިއަރެއްގެ ގޮތުގައި މަސައްކަތްކުރުން
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސޭލްސް ރެޕްރެޒެންޓެޓިވްއެއްގެ ގޮތުގައި މަސައްކަތްކުރުން
ލެކިއުޓްގެ ސޭލްސް ރެޕްރެޒެންޓެޓިވް އަދި ކެޝިއަރެއްގެ ގޮތުގައި މަސައްކަތްކުރުން
އައި ކެއާ އޮޕްޓިކަލްސްގެ ފްރަންޓް ޑެސްކް އެސިސްޓަންޓް، ކެޝިއަރ، އަދި ޑޮކްޓަރުންގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރުން
މިހާރު މަސައްކަތް ކުރަމުންދަނީ އެމް.ޕީ.އެލްގެ އިންފޮމޭޝަން ޓެކްނޮލޮޖީ ސަރވިސަސް / އެޑްމިނިސްޓްރޭޝަން އެންޑް އެކްސެލެންސްގައެވެ.

މީގެ އިތުރުން އޭނާ ވަނީ ތިރީގައިވާ ތަމްރީނުތައް ފުރިހަމަކޮށްފައެވެ:

އެޑްމިނިސްޓްރޭޝަން އެކްސެލެންސް – ސެމިސްޓަރ ވަން (އެމް.ޕީ.އެލް ގައި ހެދި ތަމްރީނު)
ކަސްޓަމަރ ކެއާ ޓްރެއިނިންގ (ލެކިއުޓް)

އިޖުތިމާއީ ހަރަކާތްތައް

ރަސްމީކޮށް އިޖުތިމާއީ މަސައްކަތްތަކުގައި ގިނަ ދުވަސްތަކެއް ނުވި ނަމަވެސް، ނަދާއަކީ މަސައްކަތުގެ މާހައުލާއި މުޖުތަމައުގެ ހަރަކާތްތަކުގައި ވަރަށް ހަރަކާތްތެރި ކަނބަލެކެވެ. އެގޮތުން އެމް.ޕީ.އެލް އާއި އެ ނޫންވެސް މުއައްސަސާތަކުން އިންތިޒާމުކުރާ ޕްރޮގްރާމްތަކުގައި އޭނާ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ނަދާ ބައިވެރިވެފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި:

ހޭންޑްބޯޅަ މުބާރާތްތަކުގައި ބައިވެރިވުން
އަންހެނުންގެ ދުވަހުގެ ދުވުމުގައި ބައިވެރިވުން
އަންހެނުންގެ ދުވަހުގެ ހަރަކާތް “އެތުލެޓިކް އެމެޒޯންސް” ގައި ބައިވެރިވުން
އެމް.ޕީ.އެލް ކްލަބް މޯލްޑިވްސް މުބާރާތުގައި ބައިވެރިވުން
މަމްސް އެއިޑްގެ “ޕަވަރފުލް ވުމަން” ކޯސް ފުރިހަމަކުރުން ހިމެނެއެވެ.

ލީޑަރޝިޕްގެ އަސާސްތައް

ނަދާ ގަބޫލުކުރާ ގޮތުގައި މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކަށް ހިތްވަރުދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހެއެވެ. އޭނާގެ މައިގަނޑު އަސާސްތަކަކީ އަންހެނުން އެކަނބަލުންގެ ލަނޑުދަނޑިތަކާއި ހުވަފެންތައް ހާސިލުކުރުމަށް ހިތްވަރުދިނުމާއި، އެހެން މީހުންގެ ކާމިޔާބީތައް ފާހަގަކޮށް އުފާކުރުމުގެ އިތުރުން އަންހެނުންގެ އަޑު އިއްވުމަށް ފުރުސަތުތައް ހޯދައިދިނުންކަމަށް ނަދާ ބުނެފައިވެއެވެ.

ސިޔާސީ ދާއިރާއަށް ވަނުމާއި ޝައުގުވެރިކަން

ނަދާ ބުނިގޮތުގައި ސިޔާސީ ދާއިރާއަށް ވަދެވުނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ދެއްވި ފުރުސަތެއްގެ ތެރެއިންނެވެ. މި ފުރުސަތަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި ބައިވެރިވެ، ހިދުމަތް ކުރުމަށް އޭނާއަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ނަދާ ދެކެއެވެ.

އަދި އޭނާގެ މައިގަނޑު މަގްސަދަކީ މުޖުތަމައުގައި، ހާއްސަކޮށް ގޮތް ނިންމުމާއި ސިޔާސަތުތައް ކަނޑައެޅުމުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާކުރުމެވެ.

ތަސައްވުރާއި އިސްކަންދޭ ކަންތައްތައް

ނަދާ އެންމެ ބޮޑު އިސްކަމެއް ދެނީ މާފަންނު ދެކުނުގެ އާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށެވެ. އެގޮތުން އޭނާ ގަބޫލުކުރާ ގޮތުގައި އަންހެނުން ބާރުވެރިކުރުވުމަކީ އާއިލާތައް ވަރުގަދަވެ، މުޖުތަމައު ބަދަހިވާނެ ކަމެކެވެ.

ނަދާގެ ތަސައްވުރަކީ:

މައްސަލަތައް ހައްލުކުރުމުގައި އަންހެނުންގެ ދައުރު ވަރުގަދަކުރުން
މުޖުތަމައުގެ ހަރަކާތްތަކުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުން
އާއިލާތަކާއި މުޖުތަމައުގެ ކުރިއެރުމަށް ހިންގާ މަޝްރޫއުތަކަށް އެއްބާރުލުން ދިނުން

ސިޔާސީ ފިކުރު

ނަދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އާ ގުޅުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ތާއީދުކުރާތީއެވެ. ޚާއްސަކޮށް އާންމު ރައްޔިތުންނަށް އިސްކަންދިނުމަށާއި، އެފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ޕާޓީން ގެންގުޅޭ ސިޔާސަތުތަކަށް އޭނާ ފުރިހަމައަށް ތާއީދުކުރެއެވެ.

ރައްޔިތުންނަށް ދޭ މެސެޖު

ނަދާ ބުނިގޮތުގައި ކޮންމެ ވޯޓަކީ ހަމައެކަނި ކަރުދާސްކޮޅެއްގައި ޖަހާ ފާހަގައެއް ނޫނެވެ.

އެއީ މުޖުތަމައުގެ ކުރިއެރުމަށާއި އަންނަން އޮތް ޖީލުތަކުގެ ލާބައަށްޓަކައި ހަވާލުކުރެވޭ އަމާނާތެކެވެ.

އަދި ސިޔާސީ ދާއިރާއަށް އޭނާ އަކީ އާ މޫނަކަށް ވީނަމަވެސް، ދާއިރާގެ ކަންކަމުގައި ސާބިތުކަމާއި، އިޚުލާޞްތެރިކަމާއި، ވަފާތެރިކަމާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ނަދާ އަރުވައެވެ. އޭނާ ދެކޭގޮތުގައި ކޮންމެ ވޯޓަކީ ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތްކުރުމަށާއި މާނަހުރި ބަދަލެއް ގެނައުމަށް ލިބޭ ހިތްވަރެކެވެ.

އަދި އޭނާގެ އަމާޒަކީ މާފަންނު ދެކުނު ދާއިރާއަކީ އެއްބައިވަންތަކަމާއި، ތަރައްގީއާއި، ރައްޔިތުންގެ ބައިވެރިވުން އޮތް ނަމޫނާ ދާއިރާއަކަށް ހެދުމެވެ.

“މާފަންނު ދެކުނުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ، ތިޔަބޭފުޅުންގެ ވޯޓަކީ ހަމައެކަނި ކަރުދާސްކޮޅެއްގައި ޖަހާ ފާހަގައެއް ނޫނެވެ. އެއީ މާދަމާގެ ތަރައްޤީއަށާއި، އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤުބަލަށްޓަކައި ވެވޭ ވަރަށް ބޮޑު އަމާނާތެކެވެ. ސިޔާސީ މައިދާނަށް އަޅުގަނޑަކީ އާ މީހަކަށް ވީ ނަމަވެސް، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްގައި ޖެހިލުމެއްނެތި ސާބިތުކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން. އަދި އަޅުގަނޑަށް ތިޔަބޭފުޅުން ދެއްވާ ކޮންމެ ވޯޓަކީ، އިޚްލާޞްތެރިކަމާއެކު ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ލިބޭ ހިތްވަރެކެވެ. އަޅުގަނޑުގެ އުންމީދަކީ ތިޔަބޭފުޅުންގެ ފުރިހަމަ ތާއީދާއެކު، މާފަންނު ދެކުނަކީ ނަމޫނާ ދާއިރާއަކަށް ހެދުމެވެ.” – ނަދާ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ