މާލެ ސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓު، އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެންޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޖަގަހަ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދުއެވެ.


ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑީޑޭޓު މޫސާ އަލީ ޖަލީލުގެ އިތުރުން މާލެ ސިޓީގެ އެކި ދާއިރާތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެޕާޓީއަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ބޭއްވުމަށް ހަމަޖެފައިވަނީ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.



