Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ 3.3 ބިލިއަން ރުފިޔާ ސަރުކާރުން ދައްކައިފި

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން 3.3 ބިލިއަން ރުފިޔާ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނިއުސް ބްރީފިންގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ހަފުތާއަކު ގާތްގަނޑަކަށް 700 ވެންޑަރުންނަށް ފައިސާ ދޫކުރަމުން އައިސްފައިވެއެވެ.

 “1 ނޮވެމްބަރު 2023 އިން ފެށިގެން ބަލައިފިއްޔާ، 26 އޭޕްރީލާ ހަމައަށް، މިދިޔަ ހަ މަސްދުވަހަށް ބަލާއިރުގައި، އެކި އެކި ދިވެހި ފަރާތްތަކަށް، ލޯކަލް ވެންޑަރުންނަށް 3.3 ބިލިއަން ރުފިޔާގެ ބިލު ޕޭކޮށްފިން އަޅުގަނޑުމެން،” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި މަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު 260 މިލިއަން ރުފިޔާގެ ބިލު ދެއްކުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ. ސަރުކާރުގެ މަސައްކަތްތައް ކުރި ކުންފުނިތަކަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި އޮތުމުން މީގެ ކުރިން ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ފައިސާ ދައްކާ ނިންމުމަށް ރައީސް މީގެ ކުރިން ތާރީހުތަކެއް ވެސް ދެއްވާފައިވެއެވެ.

ރައީސް ވިދާޅުވި ގޮތުގައި އަމިއްލަ ކުންފުނިތަކަށް ފައިސާ ދޫކުރަމުން ދަނީ ބޭރުގެ ދަރަނިތައް ވެސް ދައްކަމުންނެވެ. އެގޮތުން ވޭތުވެދިޔަ 21 ދުވަހުގެ ތެރޭގައި އެކަނިވެސް ބޭރުގެ ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އެއީ ދޭއް އޭޕްރިލްގައި ސުކޫކު އަޅުގަނޑުމެން ޕޭކުރިން، އެއީ 524 މިލިއަން ޑޮލަރު. ތޭވީސް އޭޕްރިލްގައި އިންޑިއާގެ ސްވޮޕް އަޅުގަނޑުމެން ދެއްކިން، އެއީ 400 މިލިއަން ޑޮލަރު. އެހެންވީމާ އެކާވީހަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މިވަނީ ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރުގެ ދަރަނި ދައްކާފައި،” ރައީސް ތަފްސީލު ދެއްވިއެވެ.

ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން މި ހުރިހާ ދަރަނިތަކެއް އަދާކުރީ ދައުލަތުގެ އެއްވެސް ހަރުމުދަލެއް ވިއްކާނުލައި އަދި ރަހުނުކުރުމަކާ ނުލައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ