Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކުވޭތުގެ އެއާޕޯޓަށް އީރާނުން ދިން ޑްރޯން ހަމަލާތަކެއްގައި އެކަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ކުވޭތުގެ އިންޓަނޭޝަނަލް އެއާޕޯޓަށް އީރާނުން ދިން ޑްރޯން ހަމަލާތަކެއްގައި އިންޑިއާގެ ރައްޔިތަކު މަރުވެ، 60 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ. މި ހަމަލާއާ ގުޅިގެން ކުވޭތުގެ ޑިފެންސް މިނިސްޓްރީން ވަނީ މިއީ އީރާނުން ހިންގި “ޖިނާއީ އުދުވާނެއް” ކަމަށް ސިފަކޮށްފައެވެ.

ކުވޭތުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ހަމަލާގައި ބައެއް ޑިޕްލޮމެޓިކް މިޝަންތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. މި ހާދިސާއާ ގުޅިގެން ކުވޭތުން ވަނީ އެ ގައުމުގައި ތިބި އީރާނުގެ ދެ ޑިޕްލޮމެޓަކު 24 ގަޑިއިރު ތެރޭގައި ގައުމުން ބޭރުވުމަށް އަމުރުކޮށްފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ މި ހަމަލާ ކުށްވެރިކޮށް، ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.

ނަމަވެސް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ އެއާޕޯޓަށް ހަމަލާދިން ކަމަށް އިންކާރުކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި އެއާޕޯޓަށް ގެއްލުން ލިބުނީ އެމެރިކާގެ މިސައިލް އިންޓަސެޕްޓަރަކަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. އެހެންނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ މިއީ އީރާނުން ގަސްދުގައި ދިން ހަމަލާއެއް ކަމަށް ބުނެ އީރާނުގެ ވާހަކަތައް ދޮގުކޮށްފައެވެ.

އީރާނުން ބުނެފައިވަނީ ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާދިނީ، އީރާނުގެ ތެޔޮ ޓޭންކަރަކަށާއި ގޭޝްމް އައިލެންޑަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ކަމަށެވެ. އެމެރިކާއިން ބުނީ އެ ގައުމުން ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށާއި، ކުވޭތާއި ބަހްރޭނަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ވައްޓާލާފައިވާ ކަމަށެވެ.

މި ހަމަލާތައް ދީފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތައް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށާއި، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި އަދިވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އީރާނަށް ދީފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދެވޭނީ އެ ގައުމުގެ ނިއުކްލިއާ ހަރަކާތްތައް ހުއްޓާލުމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ