Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފިލިޕީންސަށް 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ފިލިޕީންސްގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ މިންޑަނާއޯއަށް ހޯމަ ދުވަހު ރިކްޓަރ މިންގަނޑުން 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތު ދޭ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 07:37 ހާއިރު، ބިމުގެ 35 ކިލޯމީޓަރު އަޑިއަށެވެ.

މި ބިންހެލުމާ ގުޅިގެން ބައެއް އިމާރާތްތައް ވެއްޓި، މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ލިބެމުންދާއިރު، އޮފީސް އޮފް ސިވިލް ޑިފެންސް އިން ވަނީ ބައެއް މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ލިބިފައިވާ ގެއްލުންތަކާއި މަރުވި މީހުންގެ އަދަދު ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބިންހެލުން އައި ސަރަހައްދުގެ ތެރެއިން ޖެނެރަލް ސަންޓޯސް ސިޓީގައި ހުރި ބައެއް ފިހާރަތަކާއި ރެސްޓޯރެންޓްތައް ވަނީ ބިންހަމަވެފައެވެ.

މި ބާރުގަދަ ބިންހެލުން އައިސްފައިވަނީ ފިލިޕީންސްގެ ސަރުކާރު ސްކޫލްތަކުގެ އާ ދިރާސީ އަހަރު ފެށުނު ދުވަހުއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބިންހެލުން އައި ވަގުތު ކުޑަކުދިން ބިރުން ރޮއި، ބިމުގައި އޮށޯވެގެން ތިއްބެވެ. ބައެއް ސްކޫލްތަކުގެ ފުރާޅުތައް ވެއްޓިފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ދަރިވަރަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކަކުން ވަގުތުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށުމަށް އަމުރުކުރައްވާފައެވެ. ރައީސްގެ ބަޔާނުގައި ވިދާޅުވީ، ސުނާމީގެ އިންޒާރަށް ސަމާލުކަން ދީ ވަގުތުން އުސް ސަރަހައްދުތަކަށް ބަދަލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ބިންހެލުމާ ގުޅިގެން ފިލިޕީންސްގެ އިތުރުން އިންޑޮނޭޝިއާ އަދި ޖަޕާނަށް ވެސް ސުނާމީގެ އިންޒާރު ނެރުނެވެ. ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ބުނި ގޮތުގައި ބިންހެލުމަށްފަހު ފަސް ގަޑިއިރު ފަހުން ނުރައްކާ ކުޑަވި ނަމަވެސް، ކަނޑުގެ ލެވެލްއަށް ބަދަލު އަތުވެދާނެތީ ސަމާލުވެ ތިބުމަށް ވަނީ އަންގާފައެވެ. އަލަބެލް ޓައުންގެ ޕޮލިސް ޗީފް ބެންޖީ އަންޗެޓާ ވިދާޅުވި ގޮތުގައި މިއީ އޭނާގެ ހަޔާތުގައި ތަޖުރިބާކުރި އެންމެ ބާރުގަދަ ބިންހެލުމެވެ.

ފިލިޕީންސް، އިންޑޮނޭޝިއާ އަދި ޖަޕާނަކީ ދުނިޔޭގެ “ރިންގް އޮފް ފަޔަރ” ސަރަހައްދުގައި އޮންނަ ގައުމުތަކަކަށް ވުމުން، މި ގައުމުތަކަކީ އާންމުކޮށް ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ކުރިމަތިވާ ސަރަހައްދުތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ