މިހާރު ކުރިއަށްދާ ވޯލްކަޕް ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 32 ގެ ޖާގަ 9 ޓީމަކުން ކަށަވަރުކޮށްފިއެވެ.
ރައުންޑް އޮފް 32ގެ ޖާގަ މިހާތަނަށް ކަށަވަރުވި ޓީމުތަކަކީ،
ސައުތު އެފްރިކާ
ކެނަޑާ
ބުރެޒިލް
ޖާރމަނީ
މޮރޮކޯ
މެކްސިކޯ
ޔޫއެސްއޭ
ސްވިޓްޒަރލޭންޑް
އާޖެންޓީނާ
ރައުންޑް އޮފް 32 ގެ މެޗްތައް ފަށާނީ މިހާރު ކުރިއަށްދާ ގުރޫޕު ސްޓޭޖްގެ މެޖުތައް ކުޅެ ނިމުމުންނެވެ. އެގޮތުން ރައުންޑް އޮފް 32ގެ މެޗްތައް ފަށާނީ 29 ޖޫންވާ ހޯމަދުވަހުގެރެއެވެ. އެގޮތުން ރައުންޑް އޮފް 32ގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ސައުތުއެފްރިކާ އަދި ކެނެޑާއެވެ. މި މެޗް އޮންނާނީ އެރޭގެ މެންދަމުން 12 ޖަހާއިރުއެވެ. ރައުންޑް އޮފް 32ގެ ދެވަނަ މެޗްުގައި އެއްކޮޅުން ބުރެޒިލް ވާދަކުރާއިރު ބުރެޒިލްއާ ދެކޮޅަށް ނިކުންނާނެ ޓީމެއް ކަށަވަރުވާނީ ގުރޫޕު ސްޓޭޖްގައި މިރޭ ކުޅޭ މެޗްތައް ނިމުމުންނެވެ.
މިމަހުގެ 11 ވަނަ ދުވަހު ފެށި މި މުބާރާތުގައި މިއަހަރު ޖުމުލަ 48 ގައުމަކުން ޓީމުތައް ވާދަކުރެއެވެ. މިމުބާރާތުގެ ގުރޫޕު ސްޓޭޖްގައި އަދިވެސް ފޯރިގަދަ ގިނަ މެޗުތަކެއް ކުޅުމަށް ވަނީ ތާވަލްކޮށްފައެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައެވެ. މިއީ ތިން ގައުމެއްގައި ކުރިއަށްގެންދާ ފުރަތަމަ ވޯލްޑްކަޕެވެ.



