ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުގައި ހިނގި ކުއްލި ނުރައްކާތަކުގެ 13 ހާދިސާއެއްގައި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މިދިޔަ ހަފުތާގައި ހިނގި ހާދިސާތަކުގެ ތެރޭގައި އަލިފާނުގެ ތިން ހާދިސާއަކާއި، ހެޒްމެޓްގެ ތިން ހާދިސާއަކާއި، ރެސްކިއު ދެ ހާދިސާއެއް ހިމެނެއެވެ. މީގެ އިތުރުން، ސިއްހީ ފަރުވާއަށް ބޭނުންވާ މީހުންނާ ގުޅޭ އެއް ހާދިސާއަކާއި އެހެނިހެން އެއް ހާދިސާ ހިމެނެއެވެ. މިއީ މާލެ ސަރަހައްދުގައި އެކަނި ހިނގި ހާދިސާތަކެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މިދިޔަ ހަފުތާގައިވެސް އެކި ފަންތީގެ ނުރައްކާތެރި ހާދިސާތައް ހިނގާފައިވާއިރު، މިފަދަ ކަންކަމުން ރައްކާތެރިވެ ތިބުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.



