Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ ގަތުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ކުއްލި ލޯނެއް ދީފި

ad image

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށް އެހީތެރިވުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން އެމެރިކާ ޑޮލަރުގެ ކުއްލި ލޯނެއް ހަމަޖައްސައިދީފިއެވެ.

އޭޑީބީން ދޫކުރި މި މާލީ އެހީތެރިކަމަކީ ކަރަންޓު އުފެއްދުމަށާއި، ބޯފެން އުފެއްދުމަށް، ސިއްހީ ހިދުމަތްތަކާއި ކާބޯތަކެތީގެ ލޮޖިސްޓިކްސްއަށް، އަތޮޅުތަކުގެ ދަތުރުފަތުރާއި ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކަށް ބޭނުންވާ ތެޔޮ ގަތުމަށް ހޭދަކުރުމަށް ހަމަޖެހިފައިވާ ފައިސާއެވެ.

ރާއްޖެއަކީ މުޅިންވެސް އެތެރެކުރާ ތެލަށް ބަރޯސާވާ ގައުމަކަށްވާއިރު، ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ. އޭޑީބީން ފާހަގަކުރި ގޮތުގައި ރާއްޖޭގައި ކަރަންޓު އުފެއްދުމުގެ 94 އިންސައްތަ ބަރޯސާވަނީ ތެލުގެ މައްޗަށެވެ. އަދި ފެން އުފައްދާ ޕްލާންޓްތައް ހިންގުމަށްވެސް ބޮޑު މިންވަރަކަށް ތެޔޮ ބޭނުންވެއެވެ. އެގޮތުން ކަރަންޓު އުފެއްދުމަށްޓަކައި ރާއްޖެއަށް ދުވާލަކު 8،000 ބެރަލްގެ ޑީސަލް ބޭނުންވާ މިއީ އަހަރަކު ގާތްގަނޑަކަށް 2.9 މިލިއަން ބެރަލްއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މި އަހަރުގެ މޭ މަހު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މަހަކު ތެޔޮ އެތެރެކުރުމަށް ހިންގާ ހަރަދު ވަނީ 50 މިލިއަން ޑޮލަރުން 116 މިލިއަން ޑޮލަރަށް އުފުލިފައެވެ. މިއީ 132 އިންސައްތައިގެ އިތުރުވުމެކެވެ.

އޭޑީބީން ބުނި ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އަސަރުކޮށް، ދައުލަތަށް ލިބޭ އާމްދަނީ ދަށްވެ، ތެޔޮ އެތެރެކުރުމަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ. މި އެހީގެ ކުރިން، މި އަހަރުގެ މޭ މަހު ވޯލްޑް ބޭންކުންވެސް ވަނީ ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ދީފައެވެ.

އޭޑީބީން ބުނީ އަލަށް ދިން މި މާލީ އެހީގެ ސަބަބުން ރާއްޖޭގެ އަސާސީ ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށާއި، ތެޔޮ ދަތިވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ