Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

‘ރައްޔިތުންގެ އަޑު’ ޕްރޮގްރާމުގައި ބައިވެރިވުމަށް އިތުރު 8 ދާއިރާއަކަށް ފުރުސަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ‘ރައްޔިތުންގެ އަޑު’ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު އަށް ދާއިރާއެއްގެ ރައްޔިތުންނަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ އިހަވަންދޫ ދާއިރާ، ނައިފަރޫ ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށެވެ. މި ދާއިރާތަކުގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮގަސްޓް 17 ވާ ހޯމަ ދުވަހުގެ ރޭ 12:00ގެ ކުރިން ‘ރައްޔިތުންގެ އަޑު’ ރަސްމީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާންޖެހެއެވެ.

މި އިނިޝިއޭޓިވްއަކީ ރައްޔިތުންނަށް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް، އެބޭފުޅުންގެ ދާއިރާތަކާއި މުޖުތަމަޢަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

އުސޫލުގައިވާ ގޮތުން، ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ މީހަކަށް ވާހަކައްކަން 10 މިނެޓުގެ ވަގުތެއް ލިބޭނެއެވެ. އަދި ބައިވެރިޔާއާއެކު އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، އެއް ދަރި އަދި މައިންބަފައިންގެ ތެރެއިން އެކަކަށް ބައިވެރިވެވޭނެއެވެ. ބައިވެރިވާ މީހުންގެ އަދަދާއި ބައްދަލުވުމުގެ ވަގުތު ކަނޑައެޅޭނީ ލިބެން ހުންނަ ވަގުތަށާއި އިދާރީ އިންތިޒާމުތަކަށް ބަލައިގެންނެވެ. މީގެއިތުރުން، ބައްދަލުވުމުގެ ތެރޭގައި އަދަބުވެރިކަމާއެކު އުޅުމަށާއި، އިންޒާރުދިނުމާއި ހުތުރުބަހުން ވާހަކަދެއްކުން ވަނީ މަނާކޮށްފައެވެ.

ކުރިންވެސް އިތުރު އަށް ދާއިރާއަކުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލިއެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، ހުޅުމާލެ މެދު ދާއިރާ، މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ އަދި ފުވައްމުލަކު ދެކުނު ދާއިރާއެވެ.

‘ރައްޔިތުންގެ އަޑު’ ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އެމަނިކުފާނަށް ހުށަހެޅުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ‘ރައްޔިތުންގެ ޗެޓް’ ޕްރޮގްރާމުގައި ރައީސް މުޢިއްޒު އިއުލާނުކުރެއްވި ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ