Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ހއ. އުތީމުގައި ބިނާކުރި’ބޮޑުތަކުރުފާނު ދޮރާށި’ ރައީސް މުއިއްޒު އިފްތިތާޙުކޮށްދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުން ކުރިއަށްގެންދާ ‘ޣާޒީ ރަދުންގެ ހަނދާން އާކުރުން’ މަޝްރޫޢުގެ ދަށުން ހއ. އުތީމުގައި ބިނާކުރި ‘ބޮޑުތަކުރުފާނު ދޮރާށި’ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ދޮރާށި އިފްތިތާޙުކޮށްދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އުތީމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ބިނާއަކީ އައްސުލްޠާން މުޙައްމަދު ވިދާމާ އަލްއަޢުޡަމް (ބޮޑުތަކުރުފާނު) ގެ ޖިހާދާއި، މީގެ 467 އަހަރު ކުރިން ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވި ތާރީޚީ ކާމިޔާބީގެ ހަނދާންތައް އާކޮށްދިނުމުގެ ގޮތުން ބިނާކުރެވުނު ދޮރާށްޓެކެވެ. އުތީމު ބަނދަރު ސަރަޙައްދުގައި، ‘ކަޅުއޮށްފުންމި’ މޮނިއުމަންޓް ކައިރީގައި ބިނާކޮށްފައިވާ މި ދޮރާށީގައި ދިވެހިންގެ ގަދީމީ މިސްކިތްތަކުގެ ފަރުމާއަށް ބިނާކޮށްފައިވާ 6 ތަނބު ހިމެނެއެވެ. މި ތަނބުތަކުން ރަމްޒުކޮށްދެނީ ބޮޑުތަކުރުފާނުގެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި މުޙިއްމު ބޭފުޅުން ކަމުގައިވާ ޢަލީ ތަކުރުފާނާއި، ޙަޞަން ތަކުރުފާނާއި، ދުވާފަރު ދަނޑަހެލު އަދި ތިމަރަފުށީ ޢަލީ ހާޖީ އާއި ޙަޞަން ހާޖީއެވެ.

މި ދޮރާށި ފަރުމާކުރެވިފައިވަނީ 16 ވަނަ ޤަރުނުގެ ލާފެންކުރުމުގެ މަސައްކަތާއި، އެންމެ ކުރީގެ ތާނަ އަކުރާއި، ތާރީޚީ މިސްކިތްތަކުގެ ގާވަޑާމުގެ ކަނޑައިނެގުންތަކުގެ ރެޕްލިކާތައް ހިމަނައިގެންނެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި މި ދޮރާށި އަލިކުރުމަށް 6 ބައްތި ހަރުކުރެވިފައިވެއެވެ. މީގެއިތުރުން، ދޮރާށީގެ މެދުގައިވާ ވަދޭވޭ ބައި ފަރުމާކޮށްފައިވަނީ އިސްލާމްދީން ޙިމާޔަތްކުރެއްވުމަށާއި ދީނީ ތަޢުލީމު ފެތުރުއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި މަސައްކަތްޕުޅުތައް ރަމްޒުކޮށްދޭ ގޮތަށް، ގަދީމީ މިސްކިތްތަކުގެ ދޮރާށިތަކުގެ ރަމްޒަކަށް ބަލައިގެންނެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވީ، މި މަޝްރޫޢަކީ ރާއްޖޭގެ އާޘާރީ ތަންތަން ރައްކާތެރިކޮށް، އުތީމަކީ ހެރިޓޭޖް ޓޫރިޒަމްގެ މުޙިއްމު މަންޒިލެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެއް ކަމަށެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އުތީމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރަށުގެ ގެސްޓްހައުސްތަކަށާއި، ރެސްޓޯރެންޓް، ކެފޭ، ދަތުރުފަތުރުގެ ޚިދުމަތްތައް، ޓުއާ ގައިޑުން އަދި އަތްތެރި މަސައްކަތްކުރާ ފަރާތްތަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ