Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރެކޯޑު އަދަދަކަށް ދަރަނި ދެއްކުމާ ގުޅިގެން ރާއްޖޭގެ ބޭރުގެ ދަރަނި %18 ދަށަށް ހިނގައްޖެ

ad image

ގުޅުންހުރި ލިޔުންތައް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރުން ރެކޯޑު އަދަދަކަށް ދަރަނި އަދާކުރުމާ ގުޅިގެން ރާއްޖޭގެ ބޭރުގެ ދަރަނި 18 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ހިސާބުތަކުން ދައްކައިފިއެވެ.

ފައިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދަރަނީގެ ހިސާބުތަކަށް ބަލާއިރު، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ދަރަނި އަދާކުރުމަށް 15.16 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއާއެކު ދެވަނަ ކުއާޓަރުގެ ތެރޭގައި ރާއްޖޭގެ ބޭރުގެ ދަރަނިން 12.3 ބިލިއަން ރުފިޔާ ވަނީ މަދުވެފައެވެ. ފުރަތަމަ ކުއާޓަރު ނިމުނުއިރު ސަރުކާރުގެ ސީދާ ދަރަންޏާއި ގެރެންޓީ ދީފައިވާ ބޭރުގެ ޖުމްލަ ދަރަނި 67.7 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ދެވަނަ ކުއާޓަރު ނިމުނުއިރު މި އަދަދު ވަނީ 55.4 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.

މި ކުއާޓަރުގައި ބޭރުގެ ސީދާ ދަރަނި ދެއްކުމަށް ސަރުކާރުން 8.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި އަސްލު ދަރަނީގެ ގޮތުގައި ދެއްކި 7.8 ބިލިއަން ރުފިޔާއާއި، އިންޓްރެސްޓްގެ ގޮތުގައި ދެއްކި 516.7 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި ދެއްކުމަށް 6.8 ބިލިއަން ރުފިޔާ ހޭދަކުރިއެވެ.

މި މުއްދަތުގައި ސަރުކާރުގެ ސީދާ ބޭރު ދަރަނި 43.2 ބިލިއަން ރުފިޔާއިން 36.8 ބިލިއަން ރުފިޔާއަށް ދަށްވެފައިވާއިރު، ޖީޑީޕީގެ ނިސްބަތުން މި ދަރަނި ވަނީ 34.8 އިންސައްތައިން 29.6 އިންސައްތައަށް ތިރިވެފައެވެ.

މި ކުއާޓަރުގައި ދެއްކި ބޮޑެތި ދަރަނިތަކުގެ ތެރޭގައި، ކުރީގެ ސަރުކާރުން ދޫކޮށްފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ޚަލާސްކުރުން ހިމެނެއެވެ. މީގެއިތުރުން، އިންޑިއާ ސަރުކާރު މެދުވެރިކޮށް ކުރީގެ ސަރުކާރުން ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ލޯނުގެ ދެބައިކުޅަ އެއްބައި ވެސް މި ސަރުކާރުން ވަނީ އަދާކޮށްފައެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ބޭރުގެ ދަރަނީގެ ބުރަ މިގޮތަށް ލުއިކުރެވުމަކީ ކުރިއަށް އޮތް ތަނުގައި ބޭރު ފައިސާއަށް ސަރުކާރުން ބޭނުންވާ މިންވަރު ކުޑަކޮށްދީ، ރާއްޖޭގެ އެތެރޭގެ އިގްތިސާދުގައި ބޭރު ފައިސާ ލިބެން ހުންނަ މިންވަރު އިތުރުވެގެންދާނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ