ރާއްޖޭގައި އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން ރިސާޗްތައް ކުރެވޭ، ސްޓޭޓް އޮފް ދި އާޓް ލެބެއް ގާއިމި ކުރަން ނިންމައިފި އެވެ
އިންޖިނިއަރުންގެ ދުވަހާ ގުޅިގެން ދެއްވި މެސެޖްގައި ރައީސް ވިދާޅުވީ އިންޖިނިއަރިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އަދާކުރަނީ ވަރަށް ބުރަ އަދި މުހިންމު މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ރާއްޖެއަށް މި ދާއިރާތަކުން ގިނަ އަދަދަކަށް ދިވެހި ޒުވާނުން ބޭނުންވާކަން ފާހަގަކުރައްވައި، މަތީ ތަޢުލީމު ހާސިލްކުރާ ދިވެހިން އިތުރުކުރުމަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ..
ރައީސް ވިދާޅުވީ އެ ޢިމާރާތް ބިނާކުރައްވައި ހިންގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމަށެވެ. އެކަމަކު އެތަން ހިންގާނީ ދައުލަތުގެ ބަޖެޓުގައި ހިމެނިގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ، އަލަށް ގާއިމުކުރަން ނިންމާފައިވާ އިމާރާތަކީ ސިވިލް އިންޖިނިއަރިން، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، ސޮފްޓްވެއާ އިންޖިނިއަރިން، އެއާކްރާފްޓް އަދި އެއިރޯނޮޓިކަލް އިންޖިނިއަރިންގެ އިތުރުން ރޮބޮޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑިޖިޓަލް އިންޖިނިއަރިން ފަދަ ޒަމާނީ އެކި ދާއިރާތަކުން ތަހުލީލުތަކާއި އެކްސްޕެރިމެންޓްތައް ހެދޭނެ ވަސީލަތްތައް އެކުލެވޭ ތަނެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އަލަށް ގާއިމުކުރަން ނިންމާފައިވާ އިމާރާތަކީ ސިވިލް އިންޖިނިއަރިން، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، ސޮފްޓްވެއާ އިންޖިނިއަރިން، އެއާކްރާފްޓް އަދި އެއިރޯނޮޓިކަލް އިންޖިނިއަރިންގެ އިތުރުން ރޮބޮޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑިޖިޓަލް އިންޖިނިއަރިން ފަދަ ޒަމާނީ އެކި ދާއިރާތަކުން ތަހުލީލުތަކާއި އެކްސްޕެރިމެންޓްތައް ހެދޭނެ ވަސީލަތްތައް އެކުލެވޭ ތަނެއް ކަމަށެވެ.
“އަދި އެ ތަނަކީ ރާއްޖޭގައި އެ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންނަށާއި، ރާއްޖެއިން ބޭރުން އައިސްވެސް އެކި ފަރާތްތަކަށް ތަހުލީލުތައް ހެދޭނެ ފުރުޞަތު އޮންނަ ފަދަ ލެބޯޓަރީއަކަށް ހަދާނަން.” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންޖިނިއަރިން ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންވެސް ކުރައްވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އަދި އިންޖިނިއަރިން ދާއިރާއަށް އިތުރު ދިވެހިން ނެރެން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މިއަދު ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތަރައްގީއަށް ދިވެހި އިންޖިނިއަރުންނަކީ ވަރަށް މުހިއްމު ބައެއްކަން ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް ބަލާއިރު އެކި ކަހަލަ އިންޖިނިއަރިން ދާއިރާތަކުން ވީހާވެސް ގިނަ ދިވެހިން ކިޔަވައިގެން ނުކުމެ ރާއްޖެއަށް ހިދުމަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



