Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރައީސް މުޢިއްޒު ގެންދަވަނީ ބަލިކަށިކޮށްލާފައިވާ ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށްޖަހަމުން: ޝުޖާޢު

ad image

ގުޅުންހުރި ލިޔުންތައް

ޤަޞްދުގައި ބަލިކަށިކޮށްލާފައިވާ އިޤްތިޞާދު އަލުން ބިނާކުރެއްވުމަށާއި، ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާޢު ވަނީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަކަށް ތަޢުރީފު ކުރައްވާފައެވެ. އަދި ސަރުކާރުން ސާބިތުކަމާއެކު ޤައުމުގެ މައްސަލަތައް ޙައްލުކުރަމުންދާ ކަމަށާއި، ރައީސް އެ މަސައްކަތް ކުރައްވަނީ ކެތްތެރިކަމާއި އެއްގޮތްވަންތަކަމާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، 23 ރުފިޔާއަށް އަރައިގެން ދިޔަ ޑޮލަރުގެ އަގު، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން މިހާރު ދަށަށް ދާން ފަށާފައިވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި މަސްވެރިންނާއި ދަނޑުވެރިންގެ އިތުރުން އިޤްތިޞާދުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލެއާއި އަތޮޅުތަކުގެ މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި މިއީ ޤައުމުގެ ސަލާމަތާއި ތަރައްޤީއަށްޓަކައި ކޮންމެހެން ޙައްލުކުރަންޖެހިފައިވާ މައްސަލަތަކެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

ޤައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރައީސް މުޢިއްޒަށް އެއްބާރުލުން ދިނުމަށް ޝުޖާޢު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ޕީއެންސީއަށް ފާޑުކިޔަމުންދާ ފަރާތްތަކަށް ރައްދުދެއްވަމުން، ޕާޓީގެ ހިންގުން ވަރުގަދަކޮށް ޤައުމުގެ މުސްތަޤްބަލަށް ސަމާލުކަން ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ ޕީއެންސީގެ އަމާޒަކީ ރައްޔިތުންގެ މަޞްލަޙަތު އިސްކުރާ ވެރިކަމެއް ޤާއިމުކުރުން ކަމަށެވެ.

އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށްޓަކައި، އެންމެހައި މެންބަރުން އެކުގައި މަސައްކަތްކޮށް ޕާޓީ އިތުރަށް ވަރުގަދަކުރުމަށް ޝުޖާޢު ވަނީ ގޮވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ