Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދިނުމަށް އެއްބަސްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ރާޢްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އާއި މެލޭޝިއާގެ މަރުކަޒީ ބޭންކާއ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެލިސިޓީއެއްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ. އަދި މިކަމާ ގުޅޭ އެންމެ ފަހުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ދެ ޤައުމުގެ މަރުކަޒީ ބޭންކުތަކުން ކުރިއަށްގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު މިކަން އިޢުލާނު ކުރެއްވީ މިއަދު ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހުގައެވެ.

ބޮޑުވަޒީރު އަންވަރު ވިދާޅުވީ، މި އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިއާއިން އެއްބަސްވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އިތުބާރުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މި ފެސިލިޓީ ހަމަޖެއްސުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް ނިންމުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، މިއީ އުޞޫލީ ގޮތުން ވެވުނު އެއްބަސްވުމެއް ކަމަށާއި، މިކަން ފުރިހަމަކުރުމަށް ބޭންކް ނެގާރާ މެލޭޝިއާ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިއަހަރު ނިމުމުގެ ކުރިން ކުއާލަލަމްޕޫރުގައި ދެ ޤައުމުގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ. މީގެ އިތުރުން މެލޭޝިއާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ދިމާވާ ވިސާގެ ދަތިތަކާ ގުޅޭގޮތުންނާއި، ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރާއްޖޭގެ ތެލާއި މަޢުދަނީ ވަސީލަތްތަކާ ގުޅޭ ދިރާސާތައް ކުރުމަށްޓަކައި މެލޭޝިއާ ސަރުކާރުގެ ތެޔޮ ކުންފުނި ޕެޓްރޯނަސްގެ އެހީތެރިކަން ހޯދުމަށް ރައީސް މުޢިއްޒު ހުށަހެޅުއްވިއެވެ. ބޮޑުވަޒީރު އަންވަރު ވިދާޅުވީ މި ހުށަހެޅުމާ ގުޅޭގޮތުން ޕެޓްރޯނަސްއާއެކު މެލޭޝިއާ ސަރުކާރުން މަޝްވަރާކުރާނެ ކަމަށެވެ.

ހަމައެއާއެކު، ފަލަސްޠީނުގެ މައްސަލައިގައި، ވަކިން ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަށް ބޮޑުވަޒީރު އަންވަރު ވަނީ ތަޢުރީފު ކުރައްވާފައެވެ. އަދި ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއާއި މެލޭޝިއާއިން ގެންގުޅެނީ އެއް ވިސްނުމެއް ކަމަށާއި ދެ ޤައުމުގެ ޚާރިޖީ ސިޔާސަތު ވެސް މި މައްސަލައިގައި އެއްގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ