Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޕާޓީގެ އެތެރޭގެ އިންތިޚާބަށްފަހު ވެސް އެއްބައިވަންތަކަންމަތީ ދެމިތިބުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބަށްފަހު ވެސް މެންބަރުން އެއްބައިވަންތަކަންމަތީ ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ..

ޕީއެންސީގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކޮންމެ އިންތިޚާބެއްގައި ވެސް ކާމިޔާބުވާ ބަޔަކާއި ނާކާމިޔާބުވާ ބަޔަކު ތިބޭނެ ކަމަށެވެ. އަދި އިންތިޚާބުގައި ކާމިޔާބު ނުވާ ކެންޑިޑޭޓުން، ކާމިޔާބު ހޯދި ފަރާތްތަކަށް މަރުޙަބާ ކިޔުމަށާއި، އެންމެން ގުޅިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ޢާންމު ރައްޔިތުންނަށާއި ވަކިން ޚާއްޞަކޮށް ޒުވާނުންނަށް ޑިމޮކްރަސީގެ ރިވެތި ނަމޫނާ ދެއްކުމަށް ޕާޓީގެ މެންބަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި މެންބަރުން ޕާޓީއަށާއި ޤައުމަށް އިޚްލާޞްތެރިކަމާއެކު ދެމިތިބުމުގެ މުހިންމުކަން ވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންގްރެސް ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ޕާޓީގެ އެކި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ މާދަމާއެވެ.

ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމުތަކަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަ މަޤާމަކަށް އަށް ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަސްމާ ރަޝީދު، ކުރީގެ ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް ޚަލީލް، ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އަދި އިޤްތިޞާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ކަނބަލުންގެ 10 މަޤާމަކަށް 22 ކެންޑިޑޭޓުން އަދި ޒުވާނުންގެ ހަތް މަޤާމަކަށް 13 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި ޢާންމު މެންބަރުންގެ 18 މަޤާމަކަށް ޖުމްލަ 73 މެންބަރުން ވާދަކުރަމުންދެއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މިހާތަނަށް ކޮންގްރެސްގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ދިއުމަކީ އެއްބައިވަންތަކަމުގެ ރަނގަޅު މިސާލެއް ކަމަށާއި، ކޮންގްރެސް ނިމެންދެން ވެސް ކަންކަން އެގޮތުގައި ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ