ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސް ޓަވަރަކުން ވެއްޓި 20 އަހަރުގެ ދިވެހި ޒުވާނަކު މިއަދު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އަމާން އުދަރެސްގެ އަށްވަނަ ޓަވަރުގައި ކަމަށެވެ. އަދި އެ ޒުވާނާ ވެއްޓުނީ އެ އިމާރާތުގެ 15 ވަނަ ފަންގިފިލާއިން ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
ހާދިސާ ހިނގުމާ ގުޅިގެން އެ ޒުވާނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއާ ގުޅޭގޮތުން އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.



