Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރިޔާޟް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި 12 މީހަކު މަރުވެ، 309 މީހުން ވަނީ ޒަޚަމްވެފައެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނީ، އާންމު ރައްޔިތުންނަށާއި މުހިންމު މަދަނީ ޚިދުމަތްތައް ދޭ ތަންތަނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ސަރަޙައްދީ ސުލްޙަމަސަލަސްކަމާއި އަމަންއަމާންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

ހޮނިހިރު ދުވަހު ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސައޫދީގެ 4 ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހެއްގެ އިތުރުން އެމެރިކާ، މިޞްރު، އުރުދުން، ފަލަސްޠީން، ސޫރިޔާ އަދި ސޫދާނުގެ ރައްޔިތުން ހިމެނޭ ކަމަށް ސައޫދީގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ. އަދި ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު އަދިވެސް ސީރިއަސް ކަމަށް ވެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ސައޫދީ އަރަބިއްޔާގެ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަކޮށް މި ހަމަލާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުވާފައެވެ. އަދި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ.

ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ހަމަލާއަކީ ހަމައެކަނި ސައޫދީ އަރަބިއްޔާގެ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، މިއީ މުޅި ސަރަޙައްދުގެ ހަމަޖެހުމަށާއި ސުލްޙައަށް ވެސް ކުރިމަތިވި ނުރައްކަލެކެވެ. މީގެއިތުރުން، ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި، އެ ޤައުމުގެ ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސައޫދީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށް ބަޔާނުގައި ވެއެވެ.

މި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ ބައެއް ވަސީލަތްތަކަށް ގެއްލުން ލިބިފައިވާތީ، ސަލާމަތީ ކަންކަން ބަލައި ކަށަވަރުކުރުމަށްޓަކައި އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ. ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ސައޫދީގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާއިރު، އަނިޔާވި މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާއި ސައޫދީ އަރަބިއްޔާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިއީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހަމަލާދިން ކަމަށް ރިޕޯޓުކުރެވުނު ތިންވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ