Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފަލަސްޠީނުގެ ޙައްޤުތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ޚާރިޖީ ވަޒީރު ތަކުރާރުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ދައުރުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެކަން ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް ތަކުރާރުކުރައްވައި، މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވައިފިއެވެ.

އޮކްޓޫބަރު 17 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށެވެ. އަދި ފަލަސްޠީނުގެ މައްސަލައިގައި އިސްލާމީ އުންމަތުގެ ގުޅުން ވަރުގަދަކޮށް، ގުޅިގެން މަސައްކަތްކުރުމަށް މެންބަރު ޤައުމުތަކަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ދެމެހެއްޓެނިވި ޞުލްޙަ ޤާއިމުކުރުމަށްޓަކައި އެއްބައިވަންތަކަމާއި މަޝްވަރާ އިސްކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި އެންމެންގެ ބައިވެރިވުން ހިމެނޭ ސިޔާސަތުތަކެއްގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، އަންހެނުންނާއި ޒުވާނުންގެ ދައުރު މުޖުތަމަޢުގައި ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުވެސް ހިއްސާކުރެއްވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖެއިން އޯއައިސީގެ މެންބަރެއްގެ ގޮތުގައި 50 އަހަރު ފުރުން ފާހަގަކުރައްވަމުން، އިސްލާމީ އުންމަތުގެ މަޞްލަޙަތުތައް ކުރިއަރުވައި، މެންބަރު ޤައުމުތަކާއެކު އޮތް އެއްބައިވަންތަކަން ހަރުދަނާކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މި ސެޝަންގެ ހަވާސާގައި ވަޒީރު ޢިރުތިޝާމް ވަނީ އޯއައިސީގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށާއި، ދެފަރާތުން އިސްކަންދޭ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހަކީ އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާމެދު މަޝްވަރާކޮށް، ގުޅިގެން ހައްލުތައް ހޯދުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ