Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒުޤު ތަނަވަސްވެ ޢުމުރުގައި ބަރަކާތްލައްވާ ކަމެއް: ހުކުރު ޚުޠުބާ

ad image

ގުޅުންހުރި ލިޔުންތައް

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ތިމާގެ ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ މުހިންމު ސަބަބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

“ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން” މި މަޢުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގައި ދަމަހައްޓަން އަންގަވާފައިވާ ގުޅުންތަކުގެ ތެރެއިން އެންމެ އިސްކަންދެވިފައިވަނީ ރަޙިމުގެ ގުޅުމަށެވެ. އެގޮތުން ރަޙިމުގެ ގުޅުމަށް ނަންދެއްވާފައިވަނީ ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅު “الرَّحْمَـٰن” އާ ގުޅުވައިގެންކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

ޤުދުސިއްޔަ ޙަދީޘެއްގައި ﷲتَعَالَى ވަޙީކުރައްވައިފައިވާކަމަށް އައިސްފައި ވެއެވެ. (أَنَا الرَّحْمَـٰنُ وَهِيَ الرَّحِمُ، شَقَقْتُ لَهَا اسْـمًا مِنِ اسْـمِيْ، مَنْ وَصَلَهَا وَصَلْتُهُ، وَمَنْ بَتَرَهَا بَتَـرْتُهُ)[1] މާނައީ: “ތިމަން ރަސްކަލާނގެއީ “އައްރަޙްމާނު”އެވެ. އޯގާވަންތަ ރަސްކަލާނގެއެވެ. އަދި އެއީ ރަޙިމުގެ ގުޅުމެވެ. ގާތްތިމާގެކަމުގެ ގުޅުމެވެ. ރަޙިމުގެ ގުޅުމަށް ޓަކައި ތިމަންރަސްކަލާނގެ ނަންފުޅުތަކުން ނަމެއް ކަނޑައެޅުއްވީމެވެ. ފަހެ އެ ގުޅުން ނުކަނޑައި، ދަމަހައްޓައިފި މީހަކާ ތިމަން ރަސްކަލާނގެ ގުޅުން ޤާއިމުކުރައްވާހުށީމެވެ. އަދި އެ ގުޅުން ކަނޑައިފި މީހަކާ ތިމަން ރަސްކަލާނގެ ގުޅުން ކަނޑުއްވައި ވަކިކޮށްލައްވައިފާހުށީމެވެ.“

ޚުޠުބާގައި ބަޔާންކުރިގޮތުގައި، ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ޢަމަލެކެވެ. އަދި ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެ ނުވަންނާނެކަމުގެ ވަޢީދުގެ ބަސްފުޅު ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ވިޔަފާރި އުޞޫލުން އަނެކަކު ކޮށްދޭ ކަމަކަށް ބަދަލުދިނުން ނޫން ކަމަށާއި، ޙަޤީޤީ ގުޅުން ދަމަހައްޓާ މީހަކީ ގުޅުން ކެނޑިގެންދާ ހިނދުގައި ވެސް އިސްވެ އެ ގުޅުން ގުޅުވާ މީހާ ކަމަށް ވިދާޅުވިއެވެ.

ޢާއިލީ ގުޅުން ބަދަހިކުރުމުގައި ދަރިން ރަނގަޅު ގޮތުގައި ތަރުބިޔަތުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ޚުޠުބާގައި އަލިއަޅުވާލާފައިވެއެވެ. ޢާއިލާއެއްގައި ދެމަފިރިންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރިންގެ ޙައްޤުތަކަށް ރައްކާތެރިވުން ކަމަށާއި، ކުދިން ބޮޑެތިވަމުން އަންނައިރު ދީނީ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން މައިންބަފައިންނަށް ކިޔަމަންގަނެ ކަމޭހިތުމަށާއި، ގާތްތިމާގެ މީހުންނަކީ ކޮބައިކަން އަންގައިދީ އެމީހުންނާ ގުޅުން ބަދަހިކުރަން ދަސްކޮށްދޭން ޖެހޭނެ ކަމަށް ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ