ހުޅުމާލެ ރުއްގަނޑު އެކެއް ސަރަޙައްދުގައި ހިންގަމުންދާ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައި، ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގުމާ ގުޅިގެން ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކަށް އަވަސް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ހާދިސާގައި އަނިޔާވި މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލާއި އެ މީހުންގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ހުޅުމާލެ ހޮސްޕިޓަލުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.



