Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރަސްމާލޭގެ މަޝްރޫޢާ ބެހޭގޮތުން ހުރި ކަންބޮޑުވުންތަކުގައި އެއްވެސް އަސާސެއް ނެތް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ރަސްމާލޭގެ މަޝްރޫޢާ ބެހޭގޮތުން ހުރި ހުރިހާ ކަންބޮޑުވުންތަކަކީ އެއްވެސް އަސާސެއް ނެތް ކަންބޮޑުވުންތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ވެރިކަން ހިންގުމުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަޅުގަނޑުމެންގެ ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނާއި ޚިލާފުވާ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތަށް ބުރޫއަރާނެ، ލޮޅުންއަރާނެ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖެ ނާންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިންގެ އިޖުތިމާޢީ ފޭރާމަށް އެކަމުން ނުރަނގަޅު އަސަރު ފޯރާނެ އެއްވެސް ކަމެއްވެސް މިސަރުކާރުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ކުރީ ސަރުކާރުން ވާރުތަވި ހުރިހާ ބޯހިޔާވަހިކަމުގެ ކަންކަމެއް ވަޢުދާ އެއްގޮތަށް ޙަވާލުކުރަމުންދިއުމާއެކު އަލަށް އެތައް ފުލެޓެއްގެ މަސައްކަތް ފެށިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ސަރުކާރުން ބޯހިޔާވަހިކަމަށް ދޭ ސަމާލުކަން ހާމަކުރައްވާ ދެއްކެވި ވާހަކަފުޅުގައި، އަލަށް ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހުޅުމާލެއާ ވިލިމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައްހާސް ހައުސިންގ ޔުނިޓެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މާލެ ސަރަޙައްދުގައިވެސް ގާތްގަނޑަކަށް ހަތަރުހާހެއްހާ ހައުސިންގ ޔުނިޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރުވެސް ހިނގަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބީއެމްއެލް އެފޯޑަބަލް ހައުސިންގ ލޯނު ސްކީމްވެސް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ގޯތި ދިނުމަށް ހަމަޖެހިފައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، މިވަގުތާއި ހަމައަށް ގާތްގަނޑަކަށް 800 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އެއީ ހުޅުމާލޭގެ ދެ ފިޔަވަހީގެ ގާތްގަނޑަކަށް ދެގުނަ ވަރުގެ ބިމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހިޔާވެހި ފައިނޭންސް ސްކީމްގެ ދަށުން 655 ފަރާތަށް 435 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި އެ ފަރާތްތަކުން މިހާރު ގެ އަޅަމުންދާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން އަލަށް ފަށާ ހެލްޕް ޓު ބައި އަދި ހެލްޕްޓު ބިލްޑް ސްކީމަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ