Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

“ވަރަ އެކްސްޕޯ”ގައި އެޗްޑީސީ، ކިޔަވާ ކުދިންނަށް ޚާއްސަ

ad image

ގުޅުންހުރި ލިޔުންތައް

ވަޒީފާ ހޯދާ ފަރާތްތަކާއި ތައުލީމު ހޯދަން ބޭނުންވާ ފަރާތްތަކުގެ އިތުރުން މަތީ ތައުލީމާއި ފަންނީ ތަމްރީނު ދޭ މަރުކަޒުތައް އެއް ތަނަކަށް ގެނައުމަށް ބާއްވާ “ވަރަ އެކްސްޕޯ 2026” ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބައިވެރިވާން ނިންމައިފިއެވެ. މި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 26 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯގައި އެޗްޑީސީގެ ޖުމުލަ 5 ޑިޕާޓްމަންޓެއްގެ ސްޓޯލް ހުންނާނެއެވެ. މީގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ ތަރައްގީއާއި، ކެރިއަރ ފުރުސަތުތަކާއި، ފަންނީ އަދި ސަގާފީ ހުނަރުތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމެވެ. އެ ގޮތުން މި އެކްސްޕޯގައި އެ ކޯޕަރޭޝަނުން ހުށަހަޅާ އެންމެ ޚާއްސަ އެއް ކަމަކީ ކިޔަވާ ކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ “އެކުވެހި” ދައްކާލުމެވެ.

އެޗްޑީސީގެ މާކެޓިންގ ސްޓޯލްގައި “އެކުވެހި” އާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރުމުގެ އިތުރުން، ޒިޔާރަތްކުރާ ފަރާތްތަކަށް އެ ބަލާލުމުގެ ފުރުސަތު ދީ، އެކަމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ހިއުމަން ރިސޯސަސް ސްޓޯލުން އެޗްޑީސީގެ ކެރިއަރ މަގުތަކާއި، ބޭނުންވާ ހުނަރުތަކާއި ކުރިއެރުމުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމާ އެކު، އިންޓަރެކްޓިވް ވީލް، ޓްރީވިއާ، ކުއިޒް އަދި ލަކީ ޕްރައިޒް ފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

ގްރީނިންގ ޑިޕާޓްމަންޓްގެ ސްޓޯލުން ހުޅުމާލޭގެ ލޭންޑްސްކޭޕިންގެ އަމަލީ އަދި އިންޖީނިއަރިންގ މައުލޫމާތުތައް ފޯރުކޮށްދިނުމާ އެކު، ސެންޓްރަލް ޕާކުގައި ގަސް އިންދުމާއި ލައިވް ހޯޓިކަލްޗަރ ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ. އަދި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އެންޑް މެނޭޖްމަންޓް ޑިޕާޓްމަންޓުން ތާޒާ ފަން ބޭނުންކޮށްގެން އެއްޗެހި ލެންބުމާއި، ކެފުމާއި ވިޔުމުގެ ސަގާފީ ހަރަކާތްތައް ދައްކާލައި، އުފައްދާ ތަކެތި ޒިޔާރަތްކުރާ ފަރާތްތަކަށް ހަދިޔާކުރާނެއެވެ. މީގެ އިތުރުން ކާޕެންޓްރީ އެންޑް ވެލްޑިންގ ޓީމުގެ ސްޓޯލުން މޯލްޑިވްސް އެކްސްޕޯގައި ބޭނުންކުރި ބޯޓާއި ޑްރެޖަރުގެ އެހީގައި ޓެކްނިކަލް އަދި ފަންނީ ހުނަރުތައް ދައްކާލާނެއެވެ.

އެޗްޑީސީން ވަނީ މި އެކްސްޕޯގައި އެ ކޯޕަރޭޝަނުން ފަހިކޮށްދޭ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ވީހާ ވެސް ގިނަ އާންމުން އެ ސްޓޯލްތަކަށް ޒިޔާރަތްކުރުމަށް ދައުވަތު އަރުވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ