Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އަމާޒަކީ އަހަރަކު 120 މީހުން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމުރީނުކުރުން: އެމްޑީ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި އަލުން އަމަލީ މަސައްކަތް ފެށި ވޯޓަރ ތީމް ޕާކާއި ހޮޓެލް މަޝްރޫއުގެ ތެރެއިން، ކޮންމެ އަހަރަކު 120 އަށްވުރެ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމުރީނުކޮށް ވަޒީފާގެ މާހައުލަށް ނެރުމަކީ އަމާޒެއް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ނުވަ އަހަރު ވަންދެން މަސައްކަތް ހުއްޓިފައި އޮތް މި މަޝްރޫއުގެ އަމަލީ މަސައްކަތް އަލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ޢަލީ ޒުހައިރު ވިދާޅުވީ، މިއީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއެއް ނޫން ކަމަށާއި، މި ސަރުކާރުން އުމްރާނީ ތަރައްގީއެކޭ އެއްވަރަށް އިންސާނީ ވަސީލަތް ބިނާކުރުމަށް ވެސް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި މި މަޝްރޫއު ނިމިގެންދާއިރު މުޅިން އާ 500 ވަޒީފާ އުފެދޭނެ ކަމަށާއި، އޭގެ ތެރެއިން 85 އިންސައްތަ ވަޒީފާ ދިވެހީންނަށް އަދި 45 އިންސައްތަ ވަޒީފާ އަންހެނުންނަށް ޚާއްސަކުރެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

2017 ވަނަ އަހަރު ފެށުމަށްފަހު ހުއްޓިފައި އޮތް މި މަޝްރޫއަކީ 41,500 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ދިވެހި އާއިލާތަކަށާއި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަރައްގީކުރާ ބިޔަ މަންޒިލެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމާއެކު މި މަސައްކަތް އަލުން ފަށާފައިވާއިރު، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. މި މަޝްރޫއު ނިމުމުން ހުޅުމާލޭގެ އިގުތިސާދަށް އާ ދިރުމެއް ލިބި، ވިޔަފާރީގެ އާ ފުރުސަތުތައް ފަހިވެގެންދާނެއެވެ.

“މިއަދު އަޅުގަނޑުމެން އަލުން އަމަލީ މަސައްކަތް މި ފެށި ވޯޓަރ ތީމް ޕާކަކަކީ ވެސް 2017 ގައި ފެށި، 9 އަހަރު ވަންދެން ހުއްޓިފައި އޮތް މަޝްރޫއެއް. ނުވާނެ ކަމަށް ބުނެ، ލައްޕާލާފައި އޮތް ފޮތް މިއަދު މި ހުޅުވާލީ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމާއެކު، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމައި، ރައްޔިތުންނާ ހަމައަށް ގެނެސްދޭނަން. އެ ނަތީޖާ ވެސް އަޅުގަނޑުމެން މާތް ﷲގެ ވާގިފުޅާ އެކު ނެރެދޭނަން” އެމްޑީ ޢަލީ ޒުހައިރު ވިދާޅުވިއެވެ.

އެމްޑީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުތަކުން އެއްވެސް ޕްލޭނެއް ނެތި ފަށައި ހުއްޓިފައި ހުރި ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމައިފައެވެ. އެގޮތުން 20 އަހަރު ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓަލުގެ މަސައްކަތާއި، 2017 އިން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް އަދި ދި ގާޑަން މަޝްރޫއު ނިންމައި ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި، ބޭނުންނުކޮށް ހުރި ވާޓިކަލް ޕާކިންގ ސިސްޓަމްތައް ވެސް ވަރަށް އަވަހަށް އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު އެޗްޑީސީގެ އެއްވެސް މަޝްރޫއެއް ހުއްޓިފައި ނޯންނާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

މި ރަސްމިއްޔާތުގައި މި މަޝްރޫއުގެ ތަރައްގީގެ ބައިވެރިން ކަމަށްވާ ވެންޗަރާ އެންޑް ވެލްނެސް މޯލްޑިވްސް އަދި ބައިނަލްއަގުވާމީ މަޝްހޫރު ހޮޓެލް ބްރޭންޑެއް ކަމަށްވާ އައިއެޗްޖީ ހޮޓެލްސް އެންޑް ރިޒޯޓްސްއިން ރާއްޖެއަށާއި އެޗްޑީސީއަށް ކުރި އިތުބާރަށް އެމްޑީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަޝްރޫއު ނިންމުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ