Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފަލަސްޠީނުގެ ޙައްޤުތައް ހޯދައިދިނުމުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްޠީނުގެ ޙައްޤުތައް ހޯދައިދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޞުލްޙައާއި މިނިވަންކަމާއި ކަރާމާތް ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޖިހާދުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި އެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ބޮޑެތި ވޭންތަކާއި ހިތާމަތަކަށް އަވަސް ނިމުމެއް ގެނައުމަށްޓަކައި އަނިޔާވެރިކަން ހުއްޓުވުމަށާއި، އިންސާނީ އެހީތެރިކަން އެއްވެސް ހުރަހެއްނެތި ފޯރުކޮށްދިނުމުގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތު ކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެއެވެ. އެގޮތުން، ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ) ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަދެފައިވާކަމާއި، އދ. ގެ ރިލީފް އެންޑް ވާކްސް އެޖެންސީ (އުންރުވާ) އަށް ރާއްޖެއިން ދެމުންދާ އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އދ. ގެ ފުރިހަމަ މެންބަރު ޤައުމެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަނެ، އެ ޖަމިއްޔާގެ ހުރިހާ ގުނަންތަކެއްގައި ހަމަހަމަކަމާއެކު ފުރިހަމައަށް ބައިވެރިވުމުގެ ޙައްޤު ލިބެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ބަލައިގަތުމަށް ރާއްޖެއިން ކުރާ ތާއީދު އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ފަލަސްޠީނާއެކު އޮތް އެއްބައިވަންތަކަމަކީ ހަމައެކަނި ދައްކާ ވާހަކަތަކަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަކީ އަމިއްލަ ވަޒަނުގައި ރައްކާތެރިކަމާއި، އިންސާފާއި އަދި މިނިވަންކަމާއެކު ދިރިއުޅުމުގެ ޙައްޤު ލިބެންޖެހޭ ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ