- Advertisement -ad image

ވަޅެއްގެ ތެރެއަށް ވެއްޓުނު ކުއްޖަކު، 104 ގަޑިއިރު ފަހުން ސަލާމަތް ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިޔާގެ ޗަޓިޝްގަރ ގައި ފެން ނެގުމަށަ ކޮނެފައި ހުރި 80 ފޫޓުގެ ފުން އަދި ހިމަ ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުނު ކުއްޖަކު 104 ގަޑިއިރު ފަހުން ސަލަމަތް ކޮށްފިއެވެ.

ސަލާމަތްކުރި 11 އަހަރުގެ މި ފިރިހެން ކުއްޖާއަކީ ވާހަކަދެއްކުން އަދި އަޑުއިވުމުގއ މައްސަލަ ހުންނަ، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ރާހުލް ސާހު ނަމަކަށް ކިޔާ މި ކުއްޖާ ވަޅުގަނޑު ތެރެއަށް ވެއްޓިފައިވަނީ ގޭގެ ބިއްދޮށުގައި ކުޅެން އުޅެނިކޮށް ޖޫން 10 ވަނަ ދުވަހު އެވެ.

ރާހުލް ވަނީ މި ވަޅުގެ 60 ފޫޓު އަޑީގައި ތާށިވެފަ އެވެ.

ރާހުލް ސަލާމަތް ކުރުމުގަައި ޖުމްލަ 500 އެއްހާ މީހުންވަނީ ހަރާކާތްތެރިވެފަ އެވެ. އޭގެތެރޭގައި ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްގެ އޮފިޝަލުންނާއި، ސިފައިން، ފުލުހުން ބައިވެރިވެގެން ވަނީ ހުކުރު ދުވަހު ބޮޑު މިޝަންއެއް ފައްޓާފަ އެވެ.

މިއީ މިކަހަލަ ފެން ވަޅަކަށް ވެއްޓިގެން ކުއްޖަކު ނުނެގި މިހާ ގިނަ ވަގުތު ހޭދަވި ފުރަތަމަ ފަހަރެވެ. 2006 ވަނަ އަހަރުވެސް ފެން ވަޅަކަށް ވެއްޓުނު ކުއްޖެއް ވަނީ 50 ގަޑިއިރު ފަހުން ސަލާމަތްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ