- Advertisement -ad image

އިމިގްރޭޝަންގެ ފޭކް ވެބް އެޑްރެސް އެއް ދައުރުވަނީ

ad image

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ފޭކު ވެބް އެޑްރެހެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ. 

އެގޮތުން އިމިގްރޭޝަނުން ބުނީ އަސްލު އޮޅޭ ފަދަ ގޮތަކަށް ވެބް އެޑްރެހެއް ދައުރުވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އިމިގްރޭޝަނުން ވަނީ އެ ވެބްސައިޓް ބޭނުންކޮށްގެން އިމިގްރޭޝަނާ ގުޅޭ އެއްވެސް ހިދުމަތެއް ހޯދުމަށް ލޮގްއިން ނުވުމަށް އެދިފައެވެ. އަދި އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓު ހިންގަމުން އަންނަނީ އިމުގާ ގެ ނަމުގައި ކަމަށްވާއިރު އެ ޕޯޓަލް މެދުވެރިކޮށް ކޮންމެ ވަގުތަކު ވެސް އޮންލައިންކޮށް ޕާސްޕޯޓުގެ ހިދުމަތާއި އެހެނިހެން ހިދުމަތްތަކަށް އެދެވޭނެ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

މިދުވަސްވަރަކީ ޗުއްޓީއަށް ގިނަ ބަޔަކު ފުރުމަށްޓަކައި ޕާސްޕޯޓް ހެއްދުމަށް އެދެމުންދާ ދުވަސްވަރެކެވެ. އެގޮތުން އިމިގްރޭޝަނުން ބުނެފައިވަނީ ދުވާލެއްގެ މައްޗަށް 800 އެއްހާ އެޕްލިކޭޝަން މިހާރު ލިބެމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ