މާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި 15 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ.
އަދި މިމައްސަލަ އާއި ގުޅިގެން 52 އަހަރުގެ އިންޑިއާ ފިރިހެނަކު ޖުލައި 12 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 12 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގުމުގެ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.
މިކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު މި އަމަލު ފާޅުގައި ކުރަމުންދާ ބައެއް ފަރަަތްތައް މިނިވަންކަމާއެކު އުޅެމުން ދިއުމަކީ ގިނަ ބަޔަކު ކަންބޮޑުވުންވާ ކަމެކެވެ.



