- Advertisement -ad image

ގެވެށި އަނިޔާގެ މިފަދަ އެއްވެސް އަމަލަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޖެންޑާ

ad image

ގުޅުންހުރި ލިޔުންތައް

ރޭގެ ވަޤުތެއްގައި މާލޭގެ ގެއެއްގައި ރަހުމުކުޑަކޮށް އަންހެނަކު މަރާލި ލާއިންސާނީ ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށާއި ގެވެށި އަނިޔާގެ މިފަދަ އެއްވެސް ޢަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ބޮލާ ހަތަރެސްފާ ވަކިކޮށް އަންހެނަކު މަރާލާފައި އޮތްވާ ފެނިފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެ އަންހެންމީހާ މަރާލި ކަމުގެ ތުހުމަތުގައި ވަނީ އޭނާގެ ލޯބިވެރިޔާ ހައްޔަރުކޮށްފައެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މި ޢަމަލާމެދު މިނިސްޓްރީއިން ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ.
އަދި ކޮންމެ މީހަކަށްވެސް ދިރިހުރުމުގެ ޙައްޤު ލިބިފައިވާއިރު އަދި ކޮންމެ ނަފްސަކީ ރައްކާތެރިކަން ލިބިގެންވާ ނަފްސަކަށްވާން ޖެހޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި ހިތާމަވެރި، އުނދަގޫ ދަނޑިވަޅުގައި އެކަން ތަހައްމަލުކޮށް ހިމޭން ކަމާއެކު ވަޤުތު ހޭދަކުރުމަށް ޢާއިލާއަށް ފުރުޞަތު ދިނުމަކީ ކޮންމެ ފަރާތަކުންވެސް މިވަޤުތު ކުރުން މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މީހަކު މަރާލީމަ އެއީ ގެވެށި އަނިޔާއަކަށްވީ ކިހިނެއް؟ އެކުއްޖާ މަރާލީ އޭނަ ފިރިމީހާ ނަމަ ގެވެށި އަނިޔާއަށް ވާނެ. އެއީ ސީދާ މަޑާ އެއް.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ