- Advertisement -ad image

އިންޑިއާގެ ނޭވީ އާއި އެމްއެންޑީއެފުން ގުޅިގެން ހިންގާ އެކްސަސައިޒް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާ ނޭވީއާއި އެމްއެންޑީއެފް ގުޅިގެން ހިންގާ “އެކްސަސައިޒް އެކަތަ 2022″، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި ފަށައިފިއެވެ.

2022 ސެޕްޓެންބަރު 5 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި އެކްސަސައިޒްް ފެށްޓުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ.ކައްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯރގެ ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ނަވީން ޒުބައިރެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ސީ. މޯޑްގިލްގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ފަސީހު ބައިވެރިވެލެއްވިއެވެ.

އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ 30 މެރީންސްއާއި އިންޑިއަން ނޭވީގެ 10 މެރިން ކޯމާންޑޯސް ބައިވެރިވާ މި އެކްސަސައިޒްގައި ކޮމްބެޓް ޝޫޓް، ވީބީއެސްއެސް، ޑިމޮލިޝަން، ސީކިއުބީ، ޑައިވޭޓަރ ޑައިވިންގ، ރީބްރީތަރ ޑައިވިންގެ އިތުރުން ޑައިވިންގ އޮޕަރޭޝަން ފަދަ ބައިތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ