ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ދަނގަޑެއް ހެރިގެން ބިދޭސީއަކަށް ފަރުވައިދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ހެންވޭރުގައި ހަދަމުންދިޔަ އިމާރާތެއްގެ މައްޗަށް ދަނގަޑުތަކެއް އަރުވަނިކޮށް ދަގަނޑެއް ވެއްޓި މީހެއްގެ މޫނަށް ހެރި ޒަހަމްވެފައިވާ ކަމުގެ މައުލޫމާތު މިއަދު 11:28 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަނިޔާވެފައިވާ ބިދޭސީ ފިރިހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވައިދެމުން ކަމަށާއި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.



