ހަތިޔާރު އަޅައިގެން ހުރި މީހަކު ތައިލެންޑްގެ ކުޑަކުދިން ބަލަހައްޓާ ސެންޓަރަކަށް ވަދެ 30 މީހުން މަރާލައިފިއެވެ.
ފުލުހުންގެ ވަޒީފާގައި ކުރިން އުޅުނު މިމީހާ ބަޑިޖަހާ މަރާލީ 22 ކުޑަކުދިންނާއި އެ ސެންޓަރުގެ މުވައްޒަފުންތަކެކެވެ.
ހަމަލާ ދިނުމަށް ފަހު މިމީހާ އަމިއްލަ އަށް މަރުވީ ކަމަށް ހަބަރުތައް ބުނެއެވެ.
މިމީހާގެ އަތުގައި ޝޮޓް ގަން، ޕިސްތަލް އަދި ވަޅި ވެސް ހުރި ކަމަށާއި ޑޭ ކެއަރ ސެންޓަރަށް ވަން ގޮތަށް އޭނާ ދިޔައީ ކުދިން ނިދާފައި ތިބި ކޮޓަރިއަށް ކަމަށް މަންޒަރު ދިން މީހަކު ހާމަކުރިއެވެ.
ޑޭ ކެއަރ ސެންޓަރަށް ހަމަލާ ދިނުމަށް ފަހު މިމީހާ ވަނީ އޭނާގެ ގެއަށް ގޮސް އަންހެނުންނާއި ދަރިފުޅުވެސް މަރާލަަފައި ކަމަށް މީޑި ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ތައިލެންޑު ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ މި ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ތައިލެންޑަކީ އަމިއްލަ ހަތިޔާރު ގެންގުޅުން ގިނަ ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވުނު ނަަމަވެސް ނިސްބަތުން މިފަަދަ ހާދިސާތައް މަދު ގައުމެކެވެ.



