ތައިލެންޑްގެ ކުޑަކުދިން ބަލަހައްޓާ ސެންޓަރަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި 23 ކުދިން ވަނީ މަރާލާފައެވެ.
މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުން އެ ސެންޓަރުގެ ޓީޗަރެއް މަރާލާފައި އޮތްއިރު އަތުގައިވެސް ކުއްޖަކު އޮތެވެ. އަދި ހަތިޔަަރު އެޅި މީހާ އެ ސެންޓަރަށް ވަން ގޮތަށް ގޮސް ވަދެފައިވަނީ ގިނަ ކުދިންތަކެއް ނިންދަވާފައި ތިބި ކޮޓަރިއަކަށެވެ.
ސޯޝަލްމީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކަށް ބަލާއިރު އެ ސެންޓަރުގެ ބައެއް ކޮޓަރިތަކުގައި ހުރި މެޓްތައް ވަނީ ލެއިން ތަތްތެޅިފައެވެ.
މަރާލި ކުދިން އުމުރަކީ ދެއަރާ ތިން އަހަރާ ދެމެދު ކަމަށް ވެސް މަންޒަރު ދުށް މީހަކު ބުނެފައިވެއެވެ. ހަތިޔާރު އެޅި މީހާ ކާރުން ނިކުން ގޮތަށް އެންމެ ފުރަތަމަ މަރާލީ ޑޭ ކެއަރ ސެންޓަރުގެ ބޭރުގައި ހުރި ފިރިހެނެކެވެ.
ކުދިންތައް މަރާލާފައިވަނީ ނިންދަވާފައި ތިއްބައެވެ.
ހަތިޔާރު އެޅި މީހާ ވަނީ 30 މީހަކު މަރާލާފައެވެ.
ޑޭ ކެއަރ ސެންޓަރަށް ހަމަލާ ދިނުމަށް ފަހު މިމީހާ ވަނީ އޭނާގެ ގެއަށް ގޮސް އަންހެނުންނާއި ދަރިފުޅުވެސް މަރާލަަފައި ކަމަށް މީޑި ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ތައިލެންޑު ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ މި ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ތައިލެންޑަކީ އަމިއްލަ ހަތިޔާރު ގެންގުޅުން ގިނަ ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވުނު ނަަމަވެސް ނިސްބަތުން މިފަަދަ ހާދިސާތައް މަދު ގައުމެކެވެ.



