އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތުގެ ތެރެއަށް ޑިފެންސް މިނިސްޓަރ މާރިޔާގެ ނުފޫޒު ވަދެފައިވާ ކަމަށާއި މުޅިތަން ވަނީ ސިޔާސީ ހަބަކަށް ހަދާފައި ކަމަށް އެތަނުގެ ބައެއް މުވައްޒަފުން ބުނަން ފަށައިފިއެވެ.
މި ނޫހާއި މައުލޫމާތު ހިއްސާކުރި ބައެއް މުވައްޒަފުން ބުނީ އެ ތަނުގައި މަސައްކަތް ކުރާ ގިނަ ދުވަސްވީ މުވައްޒަފުން މިއަދު ވަނީ ބާކީ ކޮށްލާފައި ކަމަށާއި ޕްރޮމޯޝަން ދިނުނުގައިވެސް ބަލަމުން އަންނަނީ އެމްޑީޕީގެ އެކްޓިވިސްޓުންނާ އަދި ޕާޓީ އާއި ގުޅުންހުރި އާއިލާތަކަށް ކަމަށެވެ.
އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސީނިއާ ބޭފުޅެއް ކަމަށްވާ އަހުމަދު އިކްރާމް ފޮނުވާފައިވާ މެސެޖެއްވެސް ވަނީ އަޅުގަނޑުމެންނާ ހިއްސާކޮށްފައެވެ.
އެގޮތުން އެ މެސެޖުގައި ބުނެފައިވަނީ ޕްރޮމޯޝަން ކަންތަކާއި ގުޅިގެން ސޯޝަލް މީޑިއާ އެއްވެސް ޕްލެޓްފޯމެއްގައި މުއައްސަސާގެ އަގުވެއްޓޭ ގޮތަށް އެއްވެސް އެއްޗެއް ޕޯސްޓްކޮށްގެން ނުވާނެކަން އެންގުމަށެވެ.

އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ހިއްސާކޮށްފައެވެ. އަދި މިހުރިހާ ކަމަކީވެސް ޑިފެންސް މިނިސްޓަރ މާރިޔާގެ އެންގެވުމުގެ މަތިން ކުރަމުން އަންނަ ކަންކަން ކަމަށް އެ މުވައްޒަފުން ތުހުމަތު ކުރެއެވެ.



