- Advertisement -ad image

މޮރީޝަސް ކޮޅަށް ވޯޓު ދޭން ރާއްޖެއިން ނިންމި ސަބަބު ސަރުކާރުން ހާމަކުރަންޖެހޭނެ: އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމި ނިންމުމާ މެދު ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިކަމާ ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓުވީޓެއްގައި އާދަމް ޝަރީފު ވިދާޅުވީ، މިއީ ރާއްޖެއަށް އިއާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް ލިބޭނެ ފަދަ ކަމެއް ކަމަށެވެ.
މިމައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަދި މައްސަލަ މަޖިލީހުން ބޭރު ނުކުރުމަށް އެމްޑީޕީގެ މެންބަރުންނަށް އެދާއިރާތަކުގެ ރައްޔިތުން އިލްތިމާސް ކުރުން މުހިއްމު ކަމަށް ވެސް މެންބަރު އާދަމް ޝަރީފު ވިދާޚުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ