ހީލަތްތެރި ރޭވުންތަކަށް ފާރަވެރިވެ، ހޭލާ ތިބެގެން މި ފަސްގަނޑު ހިމާޔަތްކުރަން ޢަޒުމް އާލާކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައި ޑރ ޖަމީލް ވިދާޅުވީ، ނަސްރުގެ ދުވަސްވެސް ސާބިތުކޮށްދެނީ މިނިވަންކަމުގެ ދިފާޢުގައި ދިވެހިން ޝަހީދުވާން ތައްޔާރުކަން ކަމަށެވެ.
އަދި ކުޑަ ގައުމަކުން މިނިވަންކަން ނެގެހެއްޓުމުގައި ދިވެހިން ވަނީ ނަމޫނާ ދައްކާފައި ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ނަޞްރުގެ ދުވަހަކީ 1988 ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިންގެ ބަޔަކާ ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ރާއްޖެ އައިސް ދިން ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހިންނަށް ލިބުނު ނަޞްރު ފާހަގަކުރާ ދުވަހެވެ.
މި ހާދިސާގައި 19 ދިވެހިން ޝަހީދުކޮށްލާފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ދިޔަ ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި، އާންމުގެ 11 މީހުންނެވެ.