- Advertisement -ad image

ގައުމިއްޔަތުގެ ވިންދު ނުޖަހާ ހިތަކުން، ކިތަންމެ ބޮޑު ގެއްލުމެއްވެސް ގައުމަށް ދީފާނެ: އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް

ގައުމިއްޔަތުގެ ވިންދު ނުޖަހާ ހިތަކުން ކިތަންމެ ބޮޑު ގެއްލުމެއްވެސް ގައުމަށް ދީފާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާަލުވެއްޖެއެވެ.
34 ވަނަ ނަސްރުގެ ދުވަހާއި ގުޅިގެން ހާއްސަޅެމަކާ އެކު ކުރެއްވި ޓުވީޓެއްގައި ކުރީގެ ޑިފެންސް މިނިސްޓަރ ވިދާޅުވީ، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ދިނީވެސް އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެ ހިފުމަށް ގޮވާލީވެސް އަދު ގައުމުގެ ސިޔާދަތު ވިއްކާލީވެސް ހާއިނުން ކަމަށެވެ.
މިހުރިހާ ކަމެއްކުރީވެސް ގައުމުގެ އަދުއްވުން ކަމަށާއި އެކަން އަބަދުވެސް ހަނދާން ކުރަންޖެހޭ ކަމަށެވެ.

ނަޞްރުގެ ދުވަހަކީ 1988 ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިންގެ ބަޔަކާ ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ރާއްޖެ އައިސް ދިން ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހިންނަށް ލިބުނު ނަޞްރު ފާހަގަކުރާ ދުވަހެވެ.
މި ހާދިސާގައި 19 ދިވެހިން ޝަހީދުކޮށްލާފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ދިޔަ ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި، އާންމުގެ 11 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ