އައްޑޫސިޓީ ހުޅުދޫ،މީދޫ ހިތަދުއާއި ގުޅައިލަދޭ ބްރިޖް އަޅުއްވާ ދެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދު الله ޔާމީން ވައުދުވެވަޑައިގެންފިއެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެމަނިކުފާނު ވަނީ ހުޅުމީދޫއަށް ވަޑައިގެންފައެވެ. އެމަނިކުފާނު ހުޅުމީދޫއަށް ވަޑައިގަތުމުން ވަނީ ގިނަ ބަޔަކު ނިކުމެ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އެ ދެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ޔާމީން ވަނީ އަދިވެސް މި ރަށްތައް ގުޅުވާލަދޭ ބްރިޖް އަޅައިދިނުމަށް ރައްޔިތުން ރިކުއެސްޓެއް ނުކުރައްވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން މިހެން ވިދާޅުވުމުން އެ ވަގުތު ޖަލްސާގައި ތިބި އެންމެން ވަރަށް ފޯރީގައި ތެދުވެ އެއް އަޑަކުން އެކަމަށް ބޭނުންވާ ވާހަކަ ދެންނެވިއެވެ.
”މިހާރު އަޅުގަނޑަށް ވެސް ދޭހަވެއްޖެ. މި ބުރިޖު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެޅިގެންދާނެ“ ރައްޔިތުންގެ ވާހަކަ އަޑުއައްސަވައި ރައީސް ޔާމީން ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. އެގޮތުން އައްޑޫ ސިޓީއަށް މިކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ ކަންކަން ގެންދަވަނީ ގާތުން ބައްލަވަމުންނެވެ.




ރޔާމީން ވައުދެއް ކުރައްވައިފިތަ އެ ވައުދެއް ފުއްދަވާނެ، އެކަން ދައްކަވައިދެއްވާފަ އޮތީވެސް، ސާބަހޭ މިގައުމުގެ ލޮބުވެތިރައީސް ރޔާމީން، މިހާރު މިގައުމުގެ ރައިއްޔަތުން ވަރަށް ޔަގީން ކަމާއެކު މަނިކުފާނުގެ ވައުދަކީ ފުއްދަވާދެއްވާނެ އެއްޗެއްކަން ގަބޫލުކޮށް ބަލައިގަނޭ، މަރުހަބާ ރޔާމީން،
މަނިކުފާނަށް ނަސްރާ ކާމިޔާބު މިންވަރު ކުރައްވާށި މަނުކުފާނުގެ ހިތްވަރާ ފަންވަރުގާ މާތްﷲ ބަރަކާތް ލައްވާށި އާމީން.