ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ އަންހެން ދަރިވަރަކަށް އެ ސްކޫލްގެ ދިވެހި މުދައްރިސެއްގެ ފަރާތުން ޖިންސީގޯނާ ކުރިކަމުގެ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނީ ޖިންސީ ގޯނާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން ޓީޗަރު ދަރިވަރުންނާ އެކަހެރިކޮށް މައްސަލައިގެ ތަހުޤީގަށް ޓީޗަރު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
އަދި މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.