ނިއުޔޯކްގެ ޖޭއެފްކޭ އެއާޕޯޓުން ފުރަންވެގެން ދިޔަ މީހެއްގެ ލަގޭޖްގެ ތެރެއިން ބުޅަލެއް ވަނީ ހޯދާފަ އެވެ.
މި ބުޅާ ފޮށީގެ ތެރޭގައި އޮތްކަން އެނގުނީ އެއާޕޯޓު ސެކިއުރިޓީގެ ތެރެއިން ތެރެއިންނެވެ. އަދި ސެކިއުރިޓީ އޮފިސަރަކަށް މި ފޮށީގެ ދޭތެރެއިން ކެހެރި ނުކުމެފައި ހުރުމުން ވަނީ ފޮށި ހުޅުވާ ޗެކްވެސް ކޮށްފަ އެވެ. އަދި ފޮށީގެ ތެރެއިން ފެނެނީ ކެހެރިބޯ ޖިންޖާ ބުޅަލެއް ކަމަށް ސެކުއރިޓީން ބުނެއެވެެ.
މި ފޮށީގެ ވެރިމީހާ ވަނީ ބުޅާ ފޮށީގެ އެތެރޭގައި އޮތްކަން ނޭނގޭކަމަށް ބުނެފަ އެވެ. އަދި އެ ބުޅަލަކީ އޭނާ ދިރިއުޅޭ ގޭގެ އެހެން މީހެއްގެ ބުޅަލެއް ކަމަށްވެސް ބުނެފައި ވެއެވެ.
ބެލެވޭ ގޮތުގައި ސްމެލް ނަމަކަަށް ކިޔާ މި ބުޅާ ފޮއްޓަށް އެރުނީ އަމިއްލަ އަށެވެ. އަދި މި ބުޅާވަނީ އޭގެ ވެރިފަރާތަށް ރައްދުކޮށްފަ އެވެ.