ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަގާމަަށް ގއ. ނިލަންދޫ، ލިލީމާގޭ، އަޝްރަފް އަލީ މިއަދު އައްޔަނު ކުރައްވައިފިއެވެ.
އަޝްރަފް އަލީ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗަރ ހާސިލްކުރައްވާފައެވެ.
މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފް އަލީ ވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗަރގެ ޑީންގެ މަގާމާއި، އަލިމަސް އެކަޑެމީގެ ރައީސްގެ މަގާމާއި، ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަގާމު ފަދަ މަގާމުތައް ފުރުއްވާފައެވެ. މީގެ އިތުރުން އަޝްރަފް އަލީއަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ލިބިވަޑައިގަންނަވާފައެވެ.