- Advertisement -ad image

މޮޅު ކުޅުމެއް ދައްކާ ޖަޕާނުން، ޖަރުމަނު ލަދުގަންނަވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނު ލަދުގަންނަވާލާ ޖަޕާނުން ކުރި ހޯދާފިއެވެ.
ފީފާ ވަލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ހައެއް ޖެހިއިރު ކުޅުނު މެޗް ޖަޕާނުން ކާމިޔާބުކުރީ 2 1 ންނެވެ.
މިމެޗްގައި ޖަޕާނުގެ ޓީމުން ވަނީ ހަލުވި މޮޅު ކުޅުމެއް ދައްކާފައެވެ.
ގްރޫޕް އީގައި ކުޅުނު ފުރަތަމަ މެޗު ޖަޕާނުން ކާމިޔާބުކުރީ ޖަރުމަނުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެލަނޑު ޖަހައިގެންނެވެ.
ބައިކޮޅަށް ދެލަނޑު ވަދެ ނަތީޖާ އެނބުރުނު ހިސާބުން ޖަރުމަނު ޓީމު ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ލަނޑު ޖެހުމަށް މަސައްކަތް ކޮށްފައެވެ. ޖަޕާނުން ދެލަނޑު ޖެހީވެސް ޖަރުމަނު އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކުރުމަށްފަހުއެވެ. ޖަރުމަނުގެ ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖަޕާނުގެ ކީޕަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ